ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 13:17
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ކޮމިޓީތައް
ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު 13 ޖުލައިގެ ނިޔަލަށް
މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މަސައްކަތްތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމާއި، އިންތިޚާބުތަކާއި ގުޅުން ހުރި އިސްލާހުތައް ހިމެނޭ
ކޮމިޓީތަކުގެ މަސައްކަތް ގަސްތުގައި ލަސްކުރާކަމަށް އެމްޑީޕީން ބުނޭ
ކޮމިޓީތައް އެކުލަވާލެވޭނީ ޗުއްޓީ އަށް ފަހުގައި ކަަމަށް ނަޝީދު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ 16 ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ 13 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 02:00ގެ ކުރިން އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މިދިޔަ މޭއި މަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތުގައި ހުންނަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާތީ މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.

ދުވަސްތަކަކަށް މަޖިލީހުގެ ރިޔާސަތުގައި ބައިވެރިވެވަޑައިނުގެން ހުންނެވުމަށް ފަހު ބުރާސްފަތި ދުވަހުގެ ޖަލްސާގައި ނަޝީދު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވާފައި ވަނީ އެމަނިކުފާނުގެ އުޒުރުތަކަށް ވުރެ ރައްޔިތުންގެ މަސްލަޙަތަށް އިސްކަން ދެއްވާތީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީސް ކުރިއަށް ނުގެންގޮސް އޮތް ސަބަބެއް ކަމަށް ދެކެވަޑައިގަންނަވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވެއްދުން ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ނުގެންދާތީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވި މަޑުޖެހިފައެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާ މެދު ބަހުސްކޮށްފައިވެއެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ބަހުސަށްފަހ،ު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިޞްލާޙު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު ހުށަހަޅުއްވާ އިޞްލާޙަށް އިޞްލާޙު ހުށަހެޅުއްވުމަށް ފުރުޞަތުދެއްވާނެ ކަމަށެވެ. އެގޮތުން ހުށަހަޅުއްވާ އިޞްލާޙުތަކަށް ވޯޓަށް އެހުމާއ،ި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާއި މެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާ އެއްގައިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކޮމިޓީތައް އެކުލަވާލެވޭނީ ޗުއްޓީ އަށް ފަހުގައި ކަަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މައްސަލަ ކުރިއަށް ނުގެންދެވުމާއި ގުޅިގެން މަޖިލީހުގެ އެހެން މަސައްކަތްތައް މަޑުޖެހިފައި އެބަހުއްޓެވެ. އެގޮތުން އާއްމު ކޮމިޓީ އެކުލަވާނުލެވުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑަނޭޅި އެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. އެ މައްސަލަ އެޖެންޑާކުރުމަށް ފަހު އެޖެންޑާއިން ނެގީ އާއްމު ކޮމިޓީ އެކުލަވާނުލެވުމުން ކަމަށް އޭރު މަޖިލީހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މަސައްކަތްތަކުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމާއި، އިންތިޚާބުތަކާއި ގުޅުން ހުރި އިސްލާހުތައް ހިމެނެއެވެ. ކޮމިޓީތަކުގެ މަސައްކަތް ގަސްތުގައި ލަސްކުރާކަމަށް އެމްޑީޕީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް