Advertisement
ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 09:04
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް
މަޖިލިސް
މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު
މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނެއްޓޭނެ ގޮތަށް ފަސް ކަމެއް އެޖެންޑާކޮށްދިނުމަށް އެމްޑީޕީގެ ޕީޖީން އެދިއްޖެ
މަޖިލީހުގެ ރައީސް އިސްވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް
އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް
ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މަޖިލީހުގެ ކުރިއަށް ހުރި ޖަލްސާތައް ނުބާއްވަވާނެކަމަށް ވިދާޅުވެފައި

މަޖިލީހުގައި އަޅުވާފައިވާ މަރުތަޅު ނެއްޓޭނެ ގޮތަށް ފަސްކަމެއް އެޖެންޑާކޮށް ބުރާސްފަތި ދުވަހު ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްއަށް ސިޓިއެއް ފޮނުއްވައިފިއެވެ.

އަސްލަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އަދި އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ގަވާއިދުގެ 41 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާކަމަށް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ފޮނުއްވި ސިޓީގައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައާއި، ރިއްފަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ގެނައުމުގެ މައްސަލައާއި، އީސީއަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލައާއި، މަޖިލީހުގެ ރައީސާއި ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވައި، މި ކަންކަމަށް ގޮތެއް ނިމެންދެން މަޖިލީހުގެ މި ދައުރު ދަންމާލަދިނުމުގެ ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މަޖިލީހުގެ ކުރިއަށް ހުރި ޖަލްސާތައް ނުބާއްވަވާނެކަމަށް ވިދާޅުވެފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ނުނަގާހާ ހިނދަކު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބަލަހައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

އެހެންނަމަވެސް، މަޖިލީހުގެ މި ދައުރު ނިންމައި ޗުއްޓީއަށް ދާކަން އިއުލާންކުރުމަށް، އޮއްޓަރު ހުރި މަސައްކަތެއް ނެތި، ބުރާސްފަތި ދުވަހު އަނެއްކާވެސް ޖަލްސާއެއް ތާވަލުކުރިއެވެެ.

ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވީ، ކޮމިޓީ އެކުލަވާލުމާ ގޮތުން ނިންމުމެއް ނިންމެން އަންނަނީ ދެން އަންނަ ދައުރެއްގައިކަމަށްވާނަމަ، އެހިސާބުން މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ފުނިޖެހޭ ކަމަށެވެ.

މިހާތަނަށް ކޮމިޓީތަކުގެ މައްސަލައިގައި ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، ކޮންމެ ބައްދަލުވުމެއްގައި ވެސް އެމްޑީޕީން އެއްބާރުލުންދީފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ވުމާއެކު، އެންމެ ކުޑަ މިނުން ކޮމިޓީތަކާމެދު ގޮތެއް ނިންމޭނެ ގޮތަކަށް މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވާދެއްވައި، ދައުރު ދިގު ދަންމައިދެއްވުމަށް އަސްލަމް އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް