ކ. މާލެ
|
21 ޖޫން 2023 | ބުދަ 16:40
ފިޠުރު ޢީދު ނަމާދު ކުރުމަށް ބޮޑު ޖަމާޢަތް ހަދައިގެން
ފިޠުރު ޢީދު ނަމާދު ކުރުމަށް ބޮޑު ޖަމާޢަތް ހަދައިގެން
އަމްނާ އިމާދު
އަޟްޙާ ޢީދު ނަމާދު
މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ
މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދުކުރާނެ
އިންތިޒާމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 28 ވަނަ ދުވަސް

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ؛ މާފަންނު ސްޓޭޑިއަމް، ވިލިނގިލީ ބޯޅަދަނޑު، ހުޅުމާލޭ ސިންތެޓިކް ޓްރެކް، އަދި ހުޅުމާލޭ ފޭސް-2ގެ ކުރިކެޓް ސްޓޭޑިއަމުގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރާނެ ކަަމަށެވެ.

މީގެ އިތުރުން މާލޭގެ 17 މިސްކިތެއްގައާއި ވިލިގިލީގެ މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭގެ ތިން މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު، ފޭސް-2ގެ ދެ މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުލޭގެ ދެ މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަނީ

މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާއަތުގައި އަޟްޙާ ޢީދު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު، މިކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.

މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 28 ވަނަ ދުވަހެވެ.

- ކޮމެންޓް