ކ. މާލެ
|
21 ޖޫން 2023 | ބުދަ 12:45
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރެފައި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރެފައި
އަދަދު
އިދިކޮޅުން މަޖިލީހުގައި އިހުތިޖާޖު
އިދިކޮޅުން މަޖިލީހުގެ ގޮނޑިތައް ހިފައިގެން ރައީސް އޮފީހަށް ދާން އުޅުމުން، ސެކިއުރިޓީ ހުރަސް އަޅައިފި
 
ތަޅުމަށް ވަދެ އިހުތިޖާޖު ކުރުމަށް އިދިކޮޅުގެ މެމްބަރުން ބުދަ ދުވަހު ވަނީ މަޖިލީހަށް ވަޑައިގެންފައި
 
އެއީ މަޖިލީހުގެ ސައި ކޮޓަރިއާއި ގްރައުންޑް ފްލޯރ ގައި ހުރި ގޮނޑިތައް
 
އެކަމުގައި އުޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރެފިއެވެ.

މިކަން ހިނގާފައިވަނީ ބުދަ ދުވަހުއެވެ.

މަޖިލިސް ކުރިއަށް ގެންދިއުމަށް ގޮވާލައި، ތަޅުމަށް ވަދެ އިހުތިޖާޖު ކުރުމަށް އިދިކޮޅުގެ މެމްބަރުން ބުދަ ދުވަހު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް މަޖިލީހުގެ ގޮނޑިތައް މަޖިލީހުގެ ގޯތި ތެރެއަށް ނެރޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ދައުރުވާން ފަށާފައެވެ.

މަޖިލިސް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އިދިކޮޅުން އިހުތިޖާޖަށް ނުކުތް ނަމަވެސް، މަޖިލީހުގެ ރައީސާއި ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ހުށަހަޅާފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ، އެ ފަރާތްތަކުން ފާއިތުވި ދުވަސްތަކުގައި ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައެވެ.

ތަޅުމަށް ވަދެ އިހުތިޖާޖު ކުރުމަށް ފުރުސަތު ނުލިބުމުން، މެމްބަރުން މަސައްކަތް ކުރައްވާފައިވަނީ ގޮނޑިތައް ހިފައިގެން މަޖިލީހުގެ ގޯތި ތެރެއިން ނުކުމެ، ރައީސް އޮފީހަށް ގެންދިއުމަށެވެ. ނަމަވެސް މަޖިލީހުގެ ސެކިއުރިޓީން އެކަމަށް ހުރަސް އަޅާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ބަހެއް ހޯދާލުމަށް މަޖިލީހުގެ އަމީންއާމަށް ގުޅާލި ނަމަވެސް، ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން މަޖިލީހުގެ ސްޕޯކްސްޕަރސަން ރާއްޖެއެމްވީއާ ވާހަކަ ދައްކަަވަމުން ވިދާޅުވީ، އެއީ މަޖިލީހުގެ ސައި ކޮޓަރި އާއި ގްރައުންޑް ފްލޯރ ގައި ހުރި ގޮނޑިތައް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
33%
33%
33%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!