ކ. މާލެ
|
21 ޖޫން 2023 | ބުދަ 00:29
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
ވަޔަން
އިންޑިއާ-އެމެރިކާ ގުޅުން
އިންޑިއާގެ ބޮޑުވަޒީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުުރު ފުޅެއް ފައްޓަވައިފި
 
މިއީ މޯދީ ޑިޕްލޮމެޓިކް ސްޓޭޓަސްގައި އެމެރިކާއަށް ކުރައްވާ ފުރަތަމަ ފުރަމާނެ ދަތުރުފުޅު
 
މިއީ އެމެރިކާގެ ރައީސްކަމަށް ބައިޑަން ވަޑައިގެންފަހުން އެގައުމަށް ގައުމެއްގެ ވެރިޔަކު ކުރައްވާ ތިން ވަނަ ފުރަމާނަ ދަތުރުފުޅު
 
މި ދައުވަތަކީ، ދެގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިވަމުންދާ ކަމުގެ ހެތްކެއް ކަމަށް މޯދީ ވިދާޅުވި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މޯދީ އެމެރިކާއަށް ފުރާވަޑައިގަންނަވާފައި ވަނީ އަންގާރަ ދުވަހުއެވެ. މިއީ މޯދީ ޑިޕްލޮމެޓިކް ސްޓޭޓަސް ގައި އެމެރިކާއަށް ކުރައްވާ ފުރަތަމަ ފުރަމާނެ ދަތުރުފުޅެވެ. މީގެ ކުރިން މޯދީ ވަނީ ފަސް ފަހަރަކު އެމެރިކާއަށް ދަތުރުކުރައްވާފައެވެ.

މިއީ އެމެރިކާގެ ރައީސްކަމަށް ބައިޑަން ވަޑައިގެންފަހުން އެގައުމަށް ގައުމެއްގެ ވެރިޔަކު ކުރައްވާ ތިން ވަނަ ފުރަމާނަ ދަތުރުފުޅެވެ. އަދި އިންޑިއާގެ ލީޑަރަކުވެސް އެގައުމަށް ކުރާއްވާ ތިން ވަނަ ދަތުރުފުޅެވެ.

މޯދީގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދު، އަސްކަރީ އަދި ޓެކްނޮލޮޖީ ދާއިރާގެ މަޝްވަރާތައް ކުރައްވާނެކަމަށް ރިޕޯޓުތައ ބުނެއެވެ.

ދަތުރުފުޅު ފައްޓަވަމުން މޯދީ ވަނީ، އެމެރިކާގެ މި ދައުވަތަކީ، ދެގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިވަމުންދާ ކަމުގެ ހެތްކެއް ކަމަށް ވިދާޅުވެފައެވެ.

މިދަތުރުފުޅުގައި އެމެރިކާގެ ފާހަގަކޮށްލެވޭ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ، އިންވެސްޓްމެންޓް އިތުރުކޮށް، ވިޔާފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ކޮންގްރެސް އިން ވަނީ އެމަޖިލީހުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވުމަށްވެސް މޯދީއަށް ދައުވަތު އަރުވާފައެވެ. މިއީ، އިންސާނީ ހައްގުތަކާ ގުޅުންހުރި ސަބަބުތަކަކަށްޓަކައި، އެމެރިކާއަށް ވަނުމަށް ވިސާ ދިނުމަށް އެގައުމުން ކުރިން ދެކޮޅު ހަދާފައިވާ ލީޑަރަކަށް އެގައުމުން ދޭ ވަރަށް ބޮޑު ޝަރަފެކެވެ.

އެމެރިކާއިން މިހާރު މަސައްކަތްކުރަނީ އެގައުމުން އިންޑިއާ އާއެކު އޮތް ގުޅުން ބަދަހިކޮށް، ޗައިނާ އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޑިއާގެ އެއްބާރުލުން ހޯދުމަށެވެ. އަދި ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައިވެސް އިންޑިއާއިން ހުޅަނގުގެ ނިންމުންތަކަށް ތާއިދުކުރުވަން އެގައުމުން މަސައްކަތްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް