ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 20:23
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
އެކްސިޑެންޓެއްގައި މީހަކު ނިޔާވުން
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުމުރުން 65 އަހަރުގެ މީހެއް
މިއެކްސިޑެންޓްގައި ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ހިތިމަސް މަހު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހިގެން
ނިޔާވެފައިވަނީ އެއް ކާރު ދުއްވަން އިން މީހާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 65 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓްގައި ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ހިތިމަސް މަހު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހިއެވެ. ފުލުހުން ބުނީ ދެ ކާރު ޖެހި އެތަނުން އެއް ކާރު ކޮންޓްރޯލްނުވެގޮސް ޑިވައިޑަރުތަކުގައި ޖެހިފައިވާކަމަށެވެ. މިއެކްސިޑެންޓްއ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 5:47 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

މިއެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެތަނުން ނިޔާވި އުމުރުން 65 އަހަރުގެ މީހާއަކީ އެތަނުން އެއް ކާރު ދުއްވަން އިން ޑްރައިވަރުކަމަށާއި އެކާރުގައި އިނީ އެމީހާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. މިއެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންނަކީ އަނެއް ކާރުގައި ތިބި ދެ މީހުންނެވެ.

މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

- ކޮމެންޓް