ޖުވެނައިލް ކޯޓުގެ ގާޒީ މުޙައްމަދު އީސާފުޅު ސިވިލް ކޯޓަށް ބަދަލު ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އާދިއްތަ ދުވަހު ބުނީ، ގާޒީ މުޙައްމަދު އީސާފުޅު ބަދަލު ކުރައްވާފައިވަނީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
އެ އުސޫލުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޔާޢަތްކުރުމާއެކު، 2023 ޖޫން 18 ވަނަ ދުވަހުން ފެށިގެން، ޖުވެނައިލް ކޯޓުގެ ގާޒީ މުޙައްމަދު އީސާފުޅު ސިވިލް ކޯޓަށް ބަދަލު ކުރެއްވުމަށް ނިންމާފައިވާކަން ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
މުޙައްމަދު އީސާފުޅު ކުރިން ހުންނެވީ ޑްރަގް ކޯޓުގައެވެ.