ކ. މާލެ
|
17 ޖޫން 2023 | ހޮނިހިރު 12:27
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
އިސްލާހީ މަސައްކަތް
އިސްލާހީ މަސައްކަތުގައި ދީނީ އިލްމުވެރިން އެއް ވިސްނުމެއްގައި ތިބެންޖެހޭ: އިމްރާން
މަސައްކަތް ކުރަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ވެރިކަން ހިންގުމުގެ ނިޒާމެއް އުފެއްދުމަށް
އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމަށް މަގުތައް ފަހިވޭ

އިސްލާހީ މަސައްކަތުގައި ދީނީ އިލްމުވެރިން އެއް ވިސްނުމެއްގައި އެއްގޮތަކަށް ސާބިތުކަންމަތީގައި ތިބުން ވަރަށް މުހިންމު ކަމަށާއި، އެގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

ހޯމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އިމްރާން މިހެން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އިމްރާން ވިދާޅުވީ 2005 ގައި އަދާލަތުޕާޓީ އުފެއްދީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގިނަ ބަޔަކު މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އޭރު އަދާލަތު ޕާޓީން މަސައްކަތް ކުރީ ބަޔަކު ވެރިކަމުން ބާލައި، ވެރިކަމަށް ގެނައުމަށް ނޫން ކަމަށެވެ. އަދި އަދާލަތު ޕާޓީ ވެރިކަމަށް އައުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އުސޫލު ބަދަލުވެފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ ގައުމު އިސްލާހުކޮށް، ރާއްޖެ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފެއްދުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެ މަގަށް ވާސިލްވުމަށް ޕްލޭން އެކުލަވާލާފައިވާ ކަމަށާއި، އެ މަގާހަމައަށް ދަތުރުކުރުމަށް މިއަދުން ފެށިގެން އެމަގުން އަޅަންޖެހޭ ފިޔަވަޅުތައް ސާބިތުކަމާއި ހަމަހަމަކަމާއެކު އަޅައިގެން ކުރިއަށްދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މިތިބީ އެދަތުރުގެ މުހިންމު މަރުހަލާއެއްގައި. އެނގިވަޑައިގަންނަވާނެ ކޮންމެ ރިޔާސީ އިންތިޚާބެއްގެ ތެރޭގައި ވޭތުވެދިޔަ 3 ރިޔާސީ އިންތިޚާބުގައި ވެސް އަޅުގަނޑުމެންގެ ވިސްނުން ބައްޓަން ކުރަމުން އައީ އަދާލަތު ޕާޓީގެ އަމާޒަށް ދިއުމަށް އެވަގުތަކު އަދާކުރެވެން އޮތް ދައުރު އެންމެފުޅާގޮތަކަށް އަދާކުރެވޭ ކުރެވޭނެ މަގުކޮށުން. މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އިސްލާހީ މަސައްކަތެއް ކުރާއިރު އިސްލާހު ކުރުމަށް މަސައްކަތް ކުރާއިރުގަ އެމަސައްކަތަށް މަގުފަހިވާނެ އެކަންކުރެވޭނެ މަގު ހޯދާކޮށުން އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށް އަބަދުވެސް ހަދަންޖެހޭ. އެއީ އަޅުގަނޑުމެން ދުނިޔޭގެ ތާރީހަށް ބެލިއަސް އިސްލާމީ ތާރީހަށް ބެލިއަސް އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީހަށް ބެލިއަސް ބަދަލުތައް އަންނަމުންދާއިރު އެ ބަދަލުތައް އެންމެ ހެޔޮ ގޮތަކަށް ބައްޓަން ކުރެވޭ ނިޒާމަކީ އެގޮތްކަމުގައިވާތީ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިސްލާހީ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި އިމްރާން ވިދާޅުވީ ދެމެހެއްޓިނިވި ގޮތެއްގައި އިސްލާހީ ހަރަކާތްތައް ކުރިއަށް ގެންގޮސް، މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރުވަމުން ގެންދިއުމުގައި އިލްމުވެރިން އެއް ވިސްނުމެއްގައި އެއްގޮތަކަށް ސާބިތުކަންމަތީގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެބޭފުޅުން ފަހަތުގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި އެންމެން ސާބިތު ކަންމަތީގައި. އެކަން އެގޮތަށް ކުރެވުނީ ރާއްޖެއަށް ހެޔޮ ބަދަލު އަންނާނީ ރާއްޖެ އިސްލާހު ކުރަން. ރާއްޖެއަށް އަންނަ ބަދަލުތަކާއި ރާއްޖެއަށް އަންނަ އިސްލާހުތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގެން ޖެހޭ. އަޅުގަނޑުމެންނަކީ މުޅި ދުނިޔެއާ އެކަހެރިވެ ވަކިން ދިރިއުޅެން ވީ ބައެއް ނޫން. ދުނިޔެއާ ގުޅިލާމެހި ދުނިޔެއަށް އަންނަ ބަދަލުތަކުގެ ތެރޭގައި އެއާއެކު ކުރިއަށް ދެވެން އޮތް ބައެއް. އެހެންކަމުން ޚާއްސަކޮށް އިސްލާމީ ގައުމުތަކުގައި އިސްލާމީ ދުނިޔޭގައި ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތް ކުރާ ގޮތާއި ކުރިއަރާގޮތާއި އެޕާޓީތަކުގެ ވިސްނުން ބައްޓަން ކުރާ ގޮތަށް މިކަންކަމަކީ އޭގައި އަޅުގަނޑުމެން ރަނގަޅު ދަރުސްތަކާއި އިބްރަތް ލިބިގަނެގެން މަސައްކަތް ބައްޓަންކުރަންޖެހޭ. އެމަގަށް ވަނީ ވަރަށް މަގުތައް ކޮށި ފަހިވެފައި.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމަށް މަގުތައް ފަހިވާ ކަމަށާއި، އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

- ކޮމެންޓް