ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 05:41
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ
އިމްރާން ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވުމުން
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރެވުނު ކޮންމެ ކަމެއް ކުރާނަން، ފަހަތައްޖެހޭނެކަމަށް ހީނުކުރައްވާ: އިމްރާން
 
އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް ފަހަތަށް ޖެހޭނެ ކަމަށް ހީ ނުކުރެއްވުމަށް އިމްރާން ވިދާޅުވި

ފަލަސްޠީން ރައްޔިތުންގެ ޙައްގުގައި ފަރުދީގޮތުން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ވާކަން ހާމަކޮށް ސޯޝަލް މީޑިޔާ އާއި މަގުމަތީގައިވެސް ދިވެހިން އަންނަނީ ހަރަކާތްތައް ހިންގަމުންނެވެ. އެހަރަކާތްތައްތަކުގައި ގިނަ އަދަދެއްގެ އާންމުންނާއި ޖަމިއްޔާތަކުން ބައިވެރިވެއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިން ތިބިކަން ހާމަކޮށް އެފަދަ ހަރަކާތެއް އިންތިޒާމުކުރައްވާކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އެއާއެކު ބައެއް މީހުންގެ ފާޑުކިޔުންތައް ވަނީ އިމްރާނަށް އަމާޒުވެފައެވެ. އެއް ބަޔަކު ބުނެފައިވާގޮތުގައި އިމްރާންގެ މަގުސަދަކީ ސިޔާސީ މަންފާއެއް ހާސިލުކޮށް އާއްމުންގެ ތެރޭގައި މަގުބޫލުކަން ހޯދުމަށް "ޕަބްްލިސިޓީ ސްޓަންޓެއް" ޖެއްސުމެވެ. އަދި އިމްރާން އާއި އަދާލަތު ޕާޓީ އިސްވެ އޮވެ އިންތިޒާމުކުރާ ހަރަކާތެއްގައި ބައިވެރިނުވާނެކަމަށް ބުނެވެސް ޝުއޫރު ފާޅުކޮށްފައިވެއެވެ.

އިމްރާން އެކްސް އަށް ކުރެއްވި ޕޯސްޓެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވުނު ކޮންމެ ކަމެއް ކުރާނެކަމަށް ވިދާޅުވެ ވިދާޅުވީ އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް ފަހަތަށް ޖެހޭނެ ކަމަށް ހީ ނުކުރެއްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް