ކ. މާލެ
|
16 ޖޫން 2023 | ހުކުރު 22:47
މާފަންނު މަދުރަސާ ޕްރީސްކޫލް ގްރެޖުއޭޝަން
މާފަންނު މަދުރަސާ ޕްރީސްކޫލް ގްރެޖުއޭޝަން
ރާއްޖެއެމްވީ
މާފަންނު މަދުރަސާ
މާފަންނު މަދުރަސާ، ޕްރީސްކޫލް ނިންމި ކުދިންގެ ގްރެޖުއޭޝަން ބާއްވައިފި
އެ ސްކޫލުން 100 ކުދިން ވަނީ ދަސްވެނިވެފައި
ކުދިން އަނބުރާ ބެލެނިވެރިންނާ ހަވާލު ކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކު ކަމަށް ޕްރިންސިޕަލް ވިދާޅުވި
ސްކްރީނާ ވީހާވެސް ދުރުވުމަށް ނަސޭހަތްތެރިވި

މާފަންނު މަދުރަސާއިން ތައުލީމު ހާސިލްކޮށް، ޕްރީ-ސްކޫލް ނިންމި ދަރިވަރުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ ހުކުރު ދުވަހުއެވެ. މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުންނާއި މާފަންނު މަދުރަސާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާފަންނު މަދުރަސާއިން މައުލޫމާތު ދީފައިވާ ގޮތުގައި 2022-2023 ވަނަ އަހަރުގެ ކިޔެވުން ނިންމައި އެ ސްކޫލުން 100 ކުދިން ވަނީ ދަސްވެނިވެފައެވެ. މި ކުދިން ދެން ފަށާނީ ކީ ސްޓޭޖްގެ ކިޔެވުމެވެ.

މާފަންނު މަދުރަސާގެ ޕްރިންސިޕަލް ފާތުމަތު ޔޫސުފް ވިދާޅުވީ އެ މަދުރަސާގެ އެންމެ އިސް ވާޖިބަކީ އުނގަންނައިދެމުންދާ ތުއްތު ދަރިވަރުންނަކީ އިޖުތިމާއީ ގުޅުމުގެ ހަރުދަނާ ބިންގަލެއްގައި ސާބިތުވެތިބުމުގެ މަތިވެރި ސިފައާއި އަޚުލާގު ލިބިފައިވާ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެ ކުދިންނަކީ އެކަކު އަނެކަކަށް އިހުތިރާމު ކުރާ، ތެދުވެރިކަމާއެކު މުއާމަލާތްކޮށް، އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ދީންވެރި އަދި ޤައުމީ ލޯބި ހިތްތަކުގައި އަށަގެނުވިފައިވާ ކުދިންތަކަކަށް ހެދުމަކީ ވެސް އެ މަދުރަސާގެ ވާޖިބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބެލެނިވެރިން އިތުބާރާއެކު މާފަންނު މަދުރަސާއާ ހަވާލުކުރި އެ ފަރާތްތަކުގެ ތުއްތުކުދިން އަނބުރާ ބެލެނިވެރިންނާ ހަވާލު ކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކު ކަމަށާއި ހެޔޮގޮތުގައި އެ ކުދިންތައް ތަރުބިއްޔަތު ކުރުމުގެ ހިތްހަމަޖެހުން ލިބިއިވާ ކަމަށް ވެސް ފާތިމަތު ވިދާޅުވިއެވެ.

ފާތުމަތު ޔޫސުފްވަނީ އެ ސްކޫލުން ކިޔަވައި ނިންމި ދަރިވަރުންނާއި އަދި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ސްކްރީނާ ވީހާވެސް ދުރުވުމަށް ނަސޭހަތްތެރިވެފައެވެ.

މާފަންނު މަދުރަސާއަކީ 1984 ވަނަ އަހަރުން ފެށިގެން މާލޭގައި ތައުލީމު ދެމުން އަންނަ ސްކޫލެކެވެ. މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް އެ ސްކޫލަކީ މިހާރު ބޭބީ ނާސަރީ އާއި ނާސަރީ އަދި ޕްރީސްކޫލުގެ ކުދިންނަށް ހާއްސަ ސްކޫލެކެވެ. އެ ސްކޫލުގައި މި ނިމޭ ދިރާސީ އަހަރުގައި 204 ކުދިން ވަނީ ތައުލީމު ހާސިލްކޮށްފައެވެ.

- ކޮމެންޓް