ކ. މާލެ
|
16 ޖޫން 2023 | ހުކުރު 10:17
މޯލްޑިވިއަންގެ އެއަރކްރާފްޓެއް ދަރަވަންދޫ އެއަރޕޯޓުގައި
މޯލްޑިވިއަންގެ އެއަރކްރާފްޓެއް ދަރަވަންދޫ އެއަރޕޯޓުގައި
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަންގެ ދަތުރުތައް 4 އަހަރަށްފަހު ދަރަވަންދޫއަށް!
 
ޚާއްސަ ފެއަރއެއްގެ ދަށުން ދަނީ ޓިކެޓު ވިއްކަމުން
 
ޑެއިލީ ފްލައިޓުތައް ދަރަވަންދޫއަށް ބާއްވާނެ

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިން 4 އަހަރު ފަހުން ބ. ދަރަވަންދޫއަށް ދަތުރުތައް ބާއްވަން ފަށައިފިއެވެ.

އެ އެއަރލައިންގެ ދަތުރުތައް ދަރަވަންދޫއަށް ފެށީ ބުރާސްފަތި ދުވަހު ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތަކުންނެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ދުވަހަކުވެސް މާލެއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެއަށް ދަތުރުތައް ބާއްވާނެ ކަމަށެވެ.

މޯލްޑިވިއަންއިން ދަރަވަންދޫއަށް ދަތުރުތައް ފަށާފައިވާއިރު ދަރަވަންދޫއަށް ދިއުމަށް ކޮޅަކަށް ނަގަނީ 849 ރުފިޔާއެވެ. މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލް ސެންޓަރ އަދި ޓިކެޓް ވިއްކަން ހުއްދަ ދީފައިވާ ފަރާތްތަކަށް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

މޯލްޑިވިއަންއިން ދަރަވަންދޫއަށް ދަތުރުކުރުން މެދުކަނޑާލީ 2019 ވަނަ އަހަރުއެވެ.

މޯލްޑިވިއަނުން ދަނީ ރާއްޖޭގެ 16 މަންޒިލަކަށް އެ އެއަރލައިންގެ ދަތުރުތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު