ކ. މާލެ
|
15 ޖޫން 2023 | ބުރާސްފަތި 17:01
ނައްތައިލި ބަނގުރާފުޅިތައް
ނައްތައިލި ބަނގުރާފުޅިތައް
ޕޮލިސް
ބަނގުރާ ނައްތައިލުން
ދަރަވަންދޫ ޕޮލިހުގައި ހުރި 527 ފުޅި ބަނގުރާ ނައްތާލައިފި
297 ދަޅު ބިޔަރު ނައްތާލާފައިވޭ
މިއީ ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ތަކެތި

ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލާފައިވާކަމަށެވެ.

އެގޮތުން، ޖޫން 14 ވަނަ ދުވަހު ނައްތައިލާފައިވަނީ 527 ފުޅި ބަނގުރަލާއި 297 ދަޅު ބިޔަރެވެ.

މިތަކެއްޗަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރ 1 ވަނަދުވަހުން ފެށިގެން 2023 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް، ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް