ކ. މާލެ
|
14 ޖޫން 2023 | ބުދަ 17:07
ރާއްޖެއިން ބާނާ މަހަށް ޑިއުޓީ މާފްކުރެވޭ ގޮތެއް ދަނީ ހޯދަމުން
ރާއްޖެއިން ބާނާ މަހަށް ޑިއުޓީ މާފްކުރެވޭ ގޮތެއް ދަނީ ހޯދަމުން
ފަރެސްމާތޮޑާ މަސްވެރިއެއް
މަހުގެ ޑިއުޓީ
އީޔޫއަށް އެތެރެކުރާ ދިވެހި މަހުން ޓެކްސް ކަނޑާލުމާ ގާތަށް
ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކްސްއެއް ނެގުމަކާ ނުލައި އީ.ޔޫގެ ބާޒާރަށް އެތެރެކުރެވޭނެ

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ކަނޑާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވުނު ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށް ފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަނުން ވަނީ ރާއްޖެއިން 2022 ވަނަ އަހަރު އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް)އާ ގުޅުމުން އެކަމަށް މަރުހަބާ ކިޔައި އީ.ޔޫ އާއި އޯ.އޭ.ސީ.ޕީ.އެސްއާ ދެމެދު ދާދިފަހުން ސޮއިކުރެވުނު އައު އެއްބަސްވުމުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ.

އަދި ރާއްޖެއިން މިއެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އޯ.އޭ.ސީ.ޕީ.އެސްގެ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕާއެކު އީ.ޔޫ އިން ހަދާފައިވާ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް މަގުފަހިވެގެންދާނެކަން ވެސް ރާއްޖެއާއި އީ.ޔޫއިން ވަނީ ފާހަގަކޮށްފައެވެ. 

މިއެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކްސްއެއް ނެގުމަކާ ނުލައި އީ.ޔޫގެ ބާޒާރަށް އެތެރެކުރެވޭނެ އެވެ. ރާއްޖެއިން މިއެގްރީމަންޓުގައި ބައިވެރިވުމާ ގުޅޭގޮތުން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރިއަށް އޮތް މަސްތަކުގައި ކުރެވިގެންދާނެ ކަމަށް ވެސް ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފާހަގަކޮށްފައިވެއެވެ.

އީ.ޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ 24 އިންސައްތައިގެ ޓެކްސްއެއް ނަގަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ރާއްޖެއަށް ވާދަވެރިކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ކުޑަވެ، ދިވެހި މަހުގެ އުފެއްދުންތަކަށް ހެޔޮ އަގެއް ލިބުމުގެ ފުރުޞަތު ކުޑަވެގެން ދެއެވެ.

- ކޮމެންޓް