Advertisement
ކ. މާލެ
|
14 ޖޫން 2023 | ބުދަ 14:05
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
މެންބަރު ހުސެއިން މުހައްމަދުގެ މޫނު މަތީގައި ޖެހިކަމަށް ބުނަނީ ކަނޑައެޅިގެން ދޮގެއް - ޝަރީފް
ޝަރީފް ވަނީ އޭނާގެ މޭޒުކޮޅު ކައިރިއަށް ނައުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފަ
އެ ދެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވާން ފެށުމުން، މެންބަރު ހުސެއިން އެތަނުން ދުރުކުރީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ޝަރީފް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލިސް ޖަލްސާ ފެށުމާ އެކު އިދިކޮޅު މެންބަރުން ވަނީ އަޑުގަަދަކޮށް އިހުތިޖާޖުކުރަން ފަށާފައެވެ. އަދި ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވުމުން އެ ވަގުތު ޝަރީފްގެ މޭޒުކޮޅު ކައިރި އަށް މެންބަރު ހުސެއިން މުހައްްމަދު ލަތީފް ވަނީ ވަޑައިގަންނަވާފައެވެ. އެ ވަގުތު ޝަރީފް އޭނާގެ ގައިގައި ޖެއްސެވިކަމަށް ހުސެއިން ލަތީފް ދިޔައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Advertisement

އޭރުވެސް އޭނާ މަސައްކަތް ކުރެއްވީ ޝަރީފްގެ މޭޒުކޮޅު ކައިރިއަށް ވަޑައިގަތުމަށެވެ. ޝަރީފް ވަނީ އޭނާގެ މޭޒުކޮޅު ކައިރިއަށް ނައުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފައެވެ. އެހެން ބައެއް މެންބަރުން ވަނީ މެންބަރު ހުސެއިން މުހައްމަދު މެންބަރު ޝަރީފްގެ މޭޒުކޮޅު ކައިރިން ދުރުކޮށްފައެވެ. އެ ދެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވާން ފެށުމުން، މެންބަރު ހުސެއިން އެތަނުން ދުރުކުރީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން އެވެ. ޝަރީފް ވަނީ ގަވައިދާއި ހިލާފަށް އަމަލު ކުރާ މެންބަރުން ޖަލްސާ އިން ނެރެދެއްވާ ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

މިކަމާއި ގުޅިގެން ޝަރީފް ރާއްޖެ އެމްވީ އަށް ވިދާޅުވީ މަޖިލީހުގެ މެންބަރުން އެކެއް އަނެކެއްގެ ގަޔަށް އަތްލާ ހިސާބަށް ދިއުމަކީ ލަދުވެތިކަމެއް ކަމަށެވެ. އަދި މެންބަރަކު ވާހަކަދައްކަމުން ގެންދާއިރު އެގޮތަށް މަޖިލީހުގައި އެ މެންބަރެއްގެ މޭޒު ކައިރިއަށް ނާދެވޭނެ ކަން ވަރަށް ސާފުކޮށް އެނގޭނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް