ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 16:16
ޖޯލިންޓަން
ޖޯލިންޓަން
ރޮއިޓާރސް
ޖޯލިންޓަން
އާސެނަލް މެޗަށްފަހު ނަސްލީ ތަފާތުކުރުމުގެ ފުރައްސާރަ ކުރިމަތިވި: ޖޯލިންޓަން
ޖޯލިންޓަން ބުނީ މިއީ ނަސްލީ ތަފާތުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަން ރަނގަޅު ދަނޑުވަޅެއް ކަމަށް

މިދިޔަ މަހު ޕްރިމިއާ ލީގުގައި އާސެނަލް އަތުން ބަލިވުމާ ގުޅިގެން ނިއުކާސަލްގެ މިޑްފީލްޑަރު ޖޯލިންޓަން އަށް ނަސްލީ ތަފާތުކުރުމުގެ މެސެޖުތަކެއް ލިބުނު ކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ބްރެޒިލްއާ އެކު އިންޓަނޭޝަނަލް ޑިއުޓީގައި އުޅެމުން ބުނީ "ގިނަ ކަންތައްތަކެއް ބަދަލުކުރަން ޖެހޭ" ކަމަށެވެ. މެއި މަހުގެ ހަތް ވަނަ ދުވަހު ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މެޗުގައި ނިއުކާސަލްވަނީ ވަނީ އާސެނަލް އަތުން 2-0 ން ބަލިވެފައެވެ.

ނޫސެވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޖޯލިންޓަން ބުނީ މިއީ ނަސްލީ ތަފާތުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަން ރަނގަޅު ދަނޑިވަޅެއް ކަމަށެވެ. އޭނާ ބުނީ އެފަދަ މައްސަލަތައް ހައްލުކުރުމަށް އަބަދުވެސް ވާހަކަ ދެކެވުނު ނަަމަވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެއީ ހަމަ އެކަނި މިހާރު ދިމާވާ ކަމެއް ނޫންކަމަށާ، އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ.

ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކުގައި ގިނީ އާއި ސެނެގާލްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ގައުމަށް ފުރަތަމަ މެޗު ކުޅުމަށް ތައްޔާރަށް ހުރި ޖޯލިންޓަންއަށް އޭނާގެ ކުލަބުގެ ފަރާތުން ސަޕޯޓްގެ މެސެޖެއް ވަނީ ލިބިފައެވެ،

- ކޮމެންޓް