ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 15:54
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ކޮމިޓީތަކުގައި މެމްބަރުން ތަމްސީލުކުރާނެ ގޮތް ނިން
ކޮމިޓީތަކުގައި މެމްބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާއި ގުޅޭ މައްސަލަ ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި
އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 09:00ގައި ބާއްވާ ޖަލްސާއަށް
މައްސަލަ އެޖެންޑާ ކުރުމަށް ކުރިން ވެސް ޤާނޫނީ ލަފާ ދީފައިވޭ
މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެން ވަނީ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީތަކުގެ އިންސައްތައިގެ މައްޗަށް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރާނެ ގޮތަށް ގެނެވޭ ބަދަލާއި ގުޅޭ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 09:00ގައި ބާއްވާ ޖަލްސާއަށެވެ.

މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވައިލުމަށްޓަކައި ނަގަންޖެހޭ ވޯޓު ނެގުމަށް އެޖެންޑާކުރުމަށް، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއާއި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ. އެމްޑީޕީން ބުނީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ދިގުދަންމާލުމަށް އިދިކޮޅު މެމްބަރުން ގަސްތުގައި މަސައްކަތްކުރާ ކަމަށެވެ. އަދި އެމްޑީޕީން ވާނީ މި މައްސަލައިގައި ވީ އެންމެ ބޮޑަކަށް ދޫދީފައިކަން ފާހަގަކޮށް މި މައްސަލަ މަޖިލީހަށް އެޖެންޑާކޮށްދިނުމަށް އެމްޑީޕީން އައީ މަޖިލީހުގެ ރިޔާސަތާއި އަމީން އާއްމުގެ ކިބައިން އެދެމުންނެވެ.

Advertisement

މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެން ވަނީ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީތަކުގެ އިންސައްތައިގެ މައްޗަށެވެ. އެހެންކަމަށް ވާއިރު އެމްޑީޕީން ބައެއް މެމްބަރުން ވަކިވުމާއި އެމްޑީޕީ އާއި އިތުރު ބައެއް މެމްބަރުން ގުޅުމުން އަލުން ކޮމިޓީތައް އެކުލަވާލަން ޖެހެއެވެ. އެހެންނަމަވެސް މަޖިލީހުގެ ޕާޓީތަކާއި އަމިއްލަ މެންބަރުން ތަމްސީލުކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި މި މައްސަލަ ވަނީ ދިގުލައިގެން ގޮސްފައެވެ. އޭގެ ސަބަބުން މަޖިލީހުގެ އެހެނިހެން މަސައްކަތްތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.

އެގޮތުން މަޖިލީހުގެ އާއްމު ކޮމިޓީ އަށް ގެންނަން ޖެހޭ ބަދަލުތައް ނުގެނެވި ވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލައިގެ ވަގުތު އާއްމު ކޮމިޓީން ކަނޑައެޅިފައި ނުވާތީ އެ މައްސަލަ އެޖެންޑާކުރުމަށް ފަހު އެޖެންޑާއިން ވަނީ ނަގާފައެވެ. ފުރަތަމަ އެ މައްސަލަ އެޖެންޑާ ކުރީ ޖޫން 11 އަށެވެ. އެ މައްސަލަ އެޖެންޑާ އިން އުނިކުރުމަށް ފަހު 13 ޖޫންވީ އަންގާރަ ދުވަހު ބޭއްވި ޖަލްސާ އަށް އެ މައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވަޑައިގަތުމުން ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް