ކ. މާލެ
|
12 ޖޫން 2023 | ހޯމަ 14:04
ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް (20އ)
ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް (20އ)
ސޯޝަލްމީޑިއާ
ޕީޕީއެމްގެ އެކްޓިވިސްޓް ނުހާ
ޕީޕީއެމްގެ އެކްޓިވިސްޓް ނުހާ ފުލުހެއްގެ އަތުގައި ދަތް އަޅައިގެން ބަންދުކޮށްފި
 
އޭނާ ވަނީ ޤާނޫނީ އިންޒާރު ދޭ ފޯމުގައި ސޮއި ކުރުމަށްވެސް އިންކާރުކޮށްފައި
 
ޝަރީއަތުން ވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަކަށްކަމަށް ކަނޑައަޅާފައި
 
ބަންދުގައި ބަހައްޓަން ޖެހެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި

ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް (20އ) ފުލުހެއްގެ އަތުގައި ދަތް އެޅި މައްސަލައެއްގައި ބަންދުކޮށްފިއެވެ.

އޭނާ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އާދިއްތަ ދުވަހުއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ މާރާމާރީ ހިންގުމާއި، ފުލުހެއްގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށައަޅާފައިވާއިރު، ސީނަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހުށައަޅާފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އޭގެ އިތުރުން، އޭނާ ބަންދުކޮށްފައިވަނީ އިޖުރާއަތާ ޚިލާފަށްކަމަށް ދިފާއުން ބުނި ނަމަވެސް، އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ސީނަށް ދިޔަ ދެ ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އޭނާ ވަނީ ޤާނޫނީ އިންޒާރު ދޭ ފޯމުގައި ސޮއި ކުރުމަށްވެސް އިންކާރުކޮށްފައެވެ.

ޝަރީއަތުން ވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަކަށްކަމަށް ކަނޑައަޅާފައެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އޭނާ އިންކާރު ކުރި ނަމަވެސް، އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރި ވަގުތު ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާކަން ދެ ފުލުހުންގެ ބަޔާނުން އެނގޭކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އާމިނަތު އަޒްލިފާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް