ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 07:24
އަލްވަރޭޒް ޗެމްޕިއަންސް ލީގު ތަށްޓާއެކު
އަލްވަރޭޒް ޗެމްޕިއަންސް ލީގު ތަށްޓާއެކު
ރޮއިޓާސް
އަލްވަރޭޒް ތާރީޚުގެ ތެރެއަށް
ޒުވާން ފޯވާޑް އަލްވަރޭޒް ތާރީޚުގެ ތެރެއަށް!
އެއް ސީޒަނެއްގައި ވަނީ ފަސްތަށި ކާމިޔާބުކޮށްފައި

އެއް ސީޒަނެއްގައި ހަތަރު ތަށި ކާމިޔާބުކޮށް, އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ތާރީޚުން ޖާގަ ހޯދައިފިއެވެ.

އިންޓަރ މިލާން ބަލިކޮށް, މެންޗެސްޓަރ ސިޓީން ހޯދި ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓާއެކު އަލްވަރޭޒް ވަނީ މިސީޒަންގައި ހަތަރު ތަށި ކާމިޔާބުކޮށްފައެވެ. އެއީ އާޖެންޓީނާއާއެކު ހޯދި ވަރލްޑްކަޕް ތަށްޓާއި, މެންޗެސްޓަރ ސިޓީއާއެކު ހޯދި ތިން ތަށްޓާއެކުއެވެ. އަލްވާރޭޒް ވަނީ ސިޓީއާއެކު އެފްއޭކަޕާއި, ލީގުވެސް ހޯދާފައެވެ. މީގެކުރިން އެއް ސީޒަނެއްގައި ހަތަރު ތަށި އެއްވެސް ކުޅުންތެރިއަކަށް ކާމިޔާބެއް ނުކުރެވެއެވެ. އެކަމަކު ވަރލްޑްކަޕާއި, ޔޫރަޕިއަން ކަޕް ނުވަތަ ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ނުވަ ކުޅުންތެރިން ކާމިޔާބުކުރިއެވެ. އަލްވަރޭޒްއަކީ އެއް ސީޒަނެއްގައި ޤައުމީ ޓީމާއެކު ވަރލްޑްކަޕް އަދި ކްލަބާއެކު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ކުޅުންތެރިޔާއެވެ.

23 އަހަރުގައި އަލްވަރޭޒް މި ތާރީޚީ ކާމިޔާބީ ހޯދީ ކްލަބާއި, ޤައުމީ ޓީމަށް މުހިއްމު ލަނޑުތަކެއްވެސް ޖަހައިދީގެންނެވެ. އާޖެންޓީނާއިން ވަރލްޑްކަޕް ހޯދިއިރު އެމުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އަލްވަރޭޒްއެވެ. ސިޓީއަށް މިސީޒަންގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް އަލްވަރޭޒްއެވެ. ސީޒަންގައި އޭނާ ސިޓީއަށް 17 ލަނޑު ޖެހީ ހާލަންޑަށްވުރެ މާ މަދުން މެޗު ކުޅެ, ފުރަތަމަ އެގާރައިގައި މަދު މެެޗެއްގައި ހިމެނިގެންނެވެ.

އާޖެންޓީނާއިން ވަރލްޑްކަޕް ކާމިޔާބުކުރީ ފައިނަލްގައި ފްރާންސް ބަލިކޮށްފައެވެ. ޕްރިމިއަރ ލީގު ހޯދީ އާސެނަލްއަށްވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެފްއޭކަޕް ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ. ޗެމްޕިއަންސް ލީގު ފައިނަލްގައި އިންޓަރ މިލާން ބަލިކުރީ 1-0 ނެވެ. އެ މެޗުގައި ކުޅުމުގެ ފުރުޞަތެއް އަލްވަރޭޒްއަކަށް ނުލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް