ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 22:28
ފުލުހުން ހޯދަމުންދިޔަ މުޙައްމަދު އަންސާމް އިބްރާހީމް
ފުލުހުން ހޯދަމުންދިޔަ މުޙައްމަދު އަންސާމް އިބްރާހީމް
ޕޮލިސް
އަންސާމް އަމިއްލައަށް ފުލުހުންނާ ހަވާލުވުން
ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައިގައި ހޯދަމުންދިޔަ އަންސާމް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
މުޙައްމަދު އަންސާމް އިބްރާހީމް ހޯދުމަށް އިއުލާނުކޮށްފައިވަނީ ޖޫން 7 ވަނަ ދުވަހު

ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުމަށްޓަކައި ހޯދަމުންދިޔަ ޏ. ފުވައްމުލައް ސިޓީ/ ދަޑިމަގު.ބޭރެފީށި، މުޙައްމަދު އަންސާމް އިބްރާހީމް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 23 އަހަރުގެ މުޙައްމަދު އަންސާމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ކަމަށެވެ.

ހުޅުމާލޭގައި މެއި 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަޔަކު  ބައިވެރިވެގެން ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓައި މުޙައްމަދު އަންސާމް އިބްރާހީމް ހޯދުމަށް އިއުލާނުކޮށްފައިވަނީ ޖޫން 7 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް