ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 07:47
މާފުށީ ޖަލު
މާފުށީ ޖަލު
ގޫގުލް އާރތް
ޖަލުގެ ތަފާސްހިސާބު
އޭޕްރީލް މަހު 36 މީހުން ޖަލަށްލި، 55 މީހުން މިނިވަންވި
އެންމެ ގިނަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި

އޭޕްރީލް މަހު 36 މީހުން ޖަލަށްލާފައިވާއިރު، 55 މީހުން މިނިވަންވެފައިވާކަމަށް, މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަރެކްޝަންސްއިން އާންމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު; އޭޕްރީލް މަހު ޖަލަށްލީ މީހުންގެ ތެރެއިން 33 މީހުންނަކީ ޖަލަށްލުމަށް ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުންނެވެ. އަދި 3 މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.

ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާއިރު؛ 57.6 އިންސައްތަ މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. ދެން އެންމެ ގިނަ މީހުން ޖަލަށްލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. އެފަދަ މައްސަލަތަކުގައި 12.1 އިންސައްތަ މީހުން ޖަލަށް ލާފައިވެއެވެ. އެންމެ މަދު ކުށްތަކުގެ ގޮތުގައި ތަފާސްހިސާބުން ހާމަވަނީ ފައިސާ ނުދެއްކުމާއި، ގެއްލުންދިނުމާއި، މީހުންނަށް އިންޒާރުދިނުމާއި ކުޑަކުދިންނާ ބެހުމެވެ.

Advertisement

އޭޕްރީލް މަހު 55 މީހުން ޖަލުން މިނިވަންވެފައިވެއެވެ. އޭގެތެރެއިން 31 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހުންނެވެ. 24 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.

މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 16 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީންނެވެ. 12 ގައިދީންނަކީ ކްލެމެންސީގެ ދަށުން މިނިވަންވި ގައިދީންނެވެ. އަދި 3 ގައިދީއަކު ޕެރޯލްގެ ދަށުން މިނިވަންވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް