ކ. މާލެ
|
9 ޖޫން 2023 | ހުކުރު 11:09
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
ވޯލްޑް ކަލިނަރީ އެވޯޑްސް
އެމްއެންޔޫ މިފަހަރު ވެސް ވޯލްޑް ކަލިނަރީ އެވޯޑްސްއަށް ނޮމިނޭޓްވެއްޖެ
 
ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ނޮމިނޭޓްވީ އިންޑިއަން އޯޝަންގެ ކެޓަގަރީން ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓްގެ ބައިން

ދިވެހިރާއްޖޭ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް މިފަހަރު ވެސް ވޯލްޑް ކަލިނަރީ އެވޯޑްސްއަށް ނޮމިނޭޓްވެއްޖެއެވެ.

މިއަހަރުގެ "ވޯލްޑް ކަލިނަރީ އެވޯޑްސް"ގައި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ނޮމިނޭޓްވީ އިންޑިއަން އޯޝަންގެ ކެޓަގަރީން "ބެސްޓް ކަލިނަރީ ޓްރެއިނިން އިންސްޓިޓިއުޓް"ގެ ބައިންނެވެ.

އެމްއެންޔޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނަތް ސާލިހް ވިދާޅުވީ މި އެވޯޑް ދޭނެ ފަރާތެއް ކަނޑައަޅާނީ އާއްމުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށާއި ވޯޓުލުން ހުޅުވާލެވިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ވީހާވެސް ގިނަ މީހުން ވޯޓް ދިނުމަށް ވަނީ އެދިފައެވެ.

ޒީނަތް އިތުރަށް ވިދާޅުވީ ވޯޓް ހޯދުމަށް ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މި މަހުގެ 17 ވަނަ ދުވަހު މާލޭ ރަސްފަންނުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިފަހަރުގެ އެވޯޑަށް ނޮމިނޭޓްވީ ރާއްޖެ އާއި މޮރިޝަސްއެވެ. ވޯލްޑް ކަލިނަރީ އެވޯޑަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސް ސިލްސިލާގެ ބައެކެވެ.

'ވޯލްޑް ކަލިނަރީ އެވޯޑްސް'ގެ 'އިންޑިއަން އޯޝަން' ކެޓެގަރީ އިން 'ބެސްޓް ކަލިނަރީ އިންސްޓިޓިއުޝަން'ގެ އެވޯޑް މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ވަނީ ހާސިލްކޮށްފައެވެ.

ވޯލްޑް ކަލިނަރީ އެވޯޑްސް ދޭން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑަކީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަކީ 1987 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރަމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް