އައްޑޫ ސިޓީ
|
9 ޖޫން 2023 | ހުކުރު 07:51
މުހައްމަދު ދީދީ (ތުއްބީގެ މުހައްމައިދީ)
މުހައްމަދު ދީދީ (ތުއްބީގެ މުހައްމައިދީ)
ޓްވިޓަރ
މުހައްމަދު އިބްރާހީމްދީދީ އަވަހާރަވުން
ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމައިދީ) އަވަހާރަވެއްޖެ
 
އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި
 
މުހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު އިބްރާހީމްދީދީ (ތުއްބީގެ މުހައްމައިދީ) އަވަހާރަވެއްޖެއެވެ.

މުހައްމަދު އިބްރާހިމް ދީދީ އަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީގެ ބައްޕާފުޅެވެ.

މުހައްމަދު އިބްރާހިމް ދީދީ (ތުއްބީގެ މުހައްމާދީ) އުމުރުފުޅުން 86 އަހަރުގައި އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި ސ. ހިތަދޫގައެވެ.

ސަރުކާރުގެ ޚިދުމަތަށް ޖޫން 13، 1964 ގައި ނުކުމެވަޑައިގެން ހިތަދޫ ކުޑަކަތީބުގެ މަޤާމު ފުރުުއްވާ މުހައްމައިދީ ވަނީ އައްޑޫގެ ތަރައްގީ އަށް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފައެވެ. އައްޑޫގެ ގައުކެޑި އާއި ހަންކެޑެ ގުޅައިލުމަށް އެޅި ފާލަމަކީ، މުހައްމާދީ ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން ސީދާ އޭނަގެ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅެވެ.

ދައުލަތަށް 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުހައްމައިދީ އަކީ ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑޫގެ އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމު ވެސް އަދާކުރެއްވިއެވެ.

މުހައްމައިދީއަށް ވަނީ 2021 ގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް ލިބިވަޑައިގަންފައެވެ.

މުހައްމައިދީގެ ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށް ފަހު ބާއްވަންވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
44%
11%
11%
11%
11%
11%
ކޮމެންޓް