މަރުކަޒީ ބޭންކުން ނެރުމަށް ތައްޔާރުވަމުންދާ ދެރުފިޔާގެ ލުއި ފައިސާފޮތީގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބުނީ، ދެ ރުފިޔާގެ ފައިސާފޮތި އަލުން ޖަހައިގެން މިމަހުގެ ދިހަވަނަ ދުވަހު ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކުރެވިފައިވާކަމަށެވެ. ދެރުފިޔާގެ ލުއި ފައިސާފޮތި ނެރުމަށް އެމްއެމްއޭއިން ތައްޔާރުވަމުންދާއިރު، އެ ބޭންކުން ވަނީ މީގެކުރިންވެސް ދެ ރުފިޔާގެ ލުއި ފައިސާފޮތީގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައެވެ.
ކުރިން ބޭނުންކުރަމުންއައި ނޫޓްތައް އުވާލައި އެމްއެމްއޭއިން ވަނީ ރަންދިހަފަހެއް ނަމުގައި އާ ނޫޓް ސީރީޒްއެއް ނެރެފައެވެ.
މި އާ ނޫޓް ސީރީޒް ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ނެރުނު ރަންދިހަފަހެއް ނޫޓް ސީރީޒް ރަސްމީކޮށް ދައުރުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ސައްބީސްވަނަ ދުވަހުއެވެ
އަލަށް ޖަހައިގެންގެނައި ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް އިގްތިސާދުގައި ދައުރުވާން ނެރޭނެ ވަކި ތާރީޚެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެއެވެ.