ކ. މާލެ
|
7 ޖޫން 2023 | ބުދަ 14:35
ޖަޕާނުގައި ޤައުމީ ޓީމުން ކުރިއަށް ގެންދާ ފަރިތަކުރުމުގެ ތެރެއިން
ޖަޕާނުގައި ޤައުމީ ޓީމުން ކުރިއަށް ގެންދާ ފަރިތަކުރުމުގެ ތެރެއިން
އެފްއޭއެމް
ސާފް ޗެމްޕިއަންޝިޕް
ޖަޕާނުގައި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
 
ޖަޕާނު ކޭމްޕަށް ފުރުމުގެ ކުރިން ވަނީ 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކޮށްފައި

ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ޖަޕާނުގައި ފަށައިފި އެވެ.

ޖަޕާނުގައި ރާއްޖެ އިން ފަރިތަކުރުންތައް ފަށާފައިވާއިރު، މިއީ އެ ޤައުމުގެ ފުޓުބޯޅަ ފުޓުބޯޅަ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ފަރިތަކުރުންތަކެކެވެ. އެގޮތުން ޖަޕާނުގައި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާނީ 10 ދުވަހުގެ މުއްދަތަކަށެވެ. އެއަށްފަހު ޤައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އަވައްޓެރި އިންޑިއާ އަށް ދަތުރު ކުރާނީ ޖަޕާނު މަގުންނެވެ. ޖުމުލަ 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ރާއްޖޭގައި ފެށިއިރު، ޖަޕާނު ކޭމްޕަށް ފުރުމުގެ ކުރިން ވަނީ 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެ އަށް ކާމިޔާބު ކޮށްދިނުމަކީ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަވާލުކޮށްފައިވާ ހަމައެކަނި ޓާސްކެވެ.

ޖަޕާނު ކޭމްޕުގައި ރާއްޖެ އިން ރަހުމަތްތެރިކަމުގެ އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގައި ރާއްޖެ ހިމެނިފައި ވަނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން އޮތީ ބަންގްލަދޭޝް، ބޫޓާން އަދި ލުބުނާން އެވެ. މި އަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޤައުމު ބައިވެރި ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެއީ ލުބްނާން އާއި ކުވެއިތު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް