ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 20:42
ކުރިނބީ ބަނދަރު ސަރަހައްދު
ކުރިނބީ ބަނދަރު ސަރަހައްދު
އެމްޓީސީސީ
ކުރިނބި ބަނދަރު
ކުރިނބީ ބަނދަރު ހެދުމަށް ސައިޓް މޮބިލައިޒްކޮށްފި
 
މިއީ 40.56 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
ސައިޓް މޮބިލައިޒްކޮށްފައިވަނީ 4 ޖޫންގައި

ހދ. ކުރިނބީ ބަނދަރު ތަރަައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ 4 ޖޫން ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30,172 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4,389 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 2,040 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 295 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 70 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯރމެއް ގާއިމުކުރުމާއި، 1,556.61 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 40.56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް