ކ. މާލެ
|
6 ޖޫން 2023 | އަންގާރަ 11:11
ޒުވާާން އެތުލީޓު އާމިން އުމަރު މޫސާ
ޒުވާާން އެތުލީޓު އާމިން އުމަރު މޫސާ
ކުޅިވަރާ ބެހޭ ވުޒާރާ
އެމްބީބީއޭ
ޒުވާން އެތުލީޓު އާމިން ދެކޭ ގޮތުގައި މިއަހަރުގެ ލީގު ވާދަވެރިވާނެ
 
ކުރީ އަހަރާ އަޅާ ބަލާއިރު މިއަހަރު އެތުލީޓުން ތައްޔާރުވަމުން އަންނަ މިންވަރާއި، މަސައްކަތް ކުރަމުން އަންނަވަރު ވެސް ތަފާތު

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބޮޑީބޯޑިން ލީގު މިއަހަރު ވާދަވެރިވާނެ ކަމަށްް ޒުވާން އެތުލީޓު އާމިން އުމަރު މޫސާ ބުނެފި އެވެ.

މިއަހަރުގެ ޤައުމީ ލީގުގެ ފުރަތަމަ އިވެންޓު ކަމަށްވާ ބުރުނު ޝިކާރު ލޯންޗު ކުރުމަށް ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން އާމިން ބުނީ، ކުރިން އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ލީގު ވާދަވެރިވާނެ ކަމަށެވެ. އެގޮތުން ކުރީ އަހަރާ އަޅާ ބަލާއިރު މިއަހަރު އެތުލީޓުން ތައްޔާރުވަމުން އަންނަ މިންވަރާއި، މަސައްކަތް ކުރަމުން އަންނަވަރު ވެސް ތަފާތު ކަމަށް އާމިން ވަނީ ބުނެފަ އެވެ. އެގޮތުން ހުރިހާ އެތުލީޓުން ވެސް ތިބީ ލީގުގައި މޮޅުވާން އަޒުމު ކަނޑައަޅައިގެން ކަމަށް އާމިން ފާހަގަ ކުރި އެވެ. ޒުވާން އެތުލީޓު ފާހަގަ ކުރި ގޮތުގައި ޒުވާން އެތުލީޓުން ތިބީ ޖޫނިއާ ޑިވިޝަން އަދި މެންސް އޯޕަންގައި ވެސް ވާދަ ކުރުމަށް ތައްޔާރަށެވެ. އެހެންކަމުން އެއީ ވެސް ލީގު ވާދަވެރިވާނެ ސަބަބެއްގެ ގޮތުގައި އާމިން ފާހަގަ ކުރި އެވެ. އަނެއްކޮޅު މިއަހަރުގެ ޤައުމީ ލީގު ކާމިޔާބު ކުރެވޭނީ ހުރިހާ އިވެންޓެއްގައި ބައިވެރިވެގެން ކަމަށާއި، އެއީ ހުރިހާ އެތުލީޓުންގެ މެދުގައި ވެސް ވާދަވެރިކަން އުފެދޭނެ ސަބަބެއް ކަމަށް އާމިން ބުންޏެވެ.

އެންމެން ވެސް ތިބީ ލީގުގައި މޮޅުވާން ހިފާފައި. ޒުވާަން އެތުލީޓުން. އިޔަންމެން ކަހަލަ އެތުލީުޓުން ވެސް ތިބީ ޖޫނިއާ ޑިވިޝަން އަދި މެންސް އަށް ވެސް ވަރަށް ވާދަވެރިކޮށް، އެންމެން ވެސް ފެންނަނީ. މި ލީގުގައި ލީގެއްގެ ގޮތުގައި އިންނާތީ އެންމެން ވެސް، ހުރިހާ އިވެންޓެއްގައި ބައިވެރިވެގެން މޮޅުވާނެކަން އިނގޭތީ، ހުރިހާ އިވެންޓެއް ވެސް ވަރަށް ވާދަވެރިކޮށް ދާނީ.
އާމިން އުމަރު މޫސާ

މީގެ އިތުރުން އާމިން ބުނީ، އަމާޒަކަށް ވާނީ ލީގުގެ ޗެމްޕިއަންކަން ހޯދުން ކަމަށެވެ. އެކަން ކުރެވެން އޮތީ ހުރިހާ އިވެންޓެއްގައި ބައިވެރިވެގެން ކަމަށާއި، އެހެންކަމުން ހުރިހާ އިވެންޓަކަށް ވެސް އެއް ފެންވަރެއްގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހުރިހާ އެތުލީޓުންގެ ވެސް މެންޓާލިޓީ ހުރީ އެގޮތަށް ކަމަށާއި، އެހެންކަމުން މުބާރާތަށް އެތުލީޓުން ފޯކަސް ކުރާނެ މިންވަރު ވެސް ބޮޑު ވާނެ ކަމަށް އާމިން ބުންޏެވެ.

އާމިން ވަނީ މިދިޔަ އަހަރު ރާއްޖޭގައި އޮތް މޯލްޑިވްސް ޕްރޯ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގައި އާމިން ވަނީ ދުނިޔޭގެ ރޭންކިންގެ ކުރީގައި ތިބި އެތުލީޓުންނާ ވާދަކޮށް، ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. އެގޮތުން ޖޫނިއާ ބައިގެ ފައިނަލްގައި ވާދަކޮށް އާމިން ބަލިވީ ކުޑަ ތަފާތަކުންނެވެ. މިއާއެކު އާމިން ވެގެން ގޮސްފައިވަނީ ބޮޑީ ބޯޑިންގެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ދިވެހި އެތުލީޓަށެވެ. އެ މުބާރާތަށް ފަހު އާމިން ވަނީ ޖޫނިއާ ބައިން ދުނިޔޭގެ ރޭންކިންގެ ތިން ވަނަ ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް