ކ. މާލެ
|
5 ޖޫން 2023 | ހޯމަ 17:07
ކަސްޓަމްސް
ކަސްޓަމްސް
ރާއްޖެ އެމްވީ
ޑްރަގް އަތުލައިގަތުން
ޕާކިސްތާނުން އައި މީހެއްގެ އަތުން 10 ކިލޯގެ ޑްރަގް އަތުލައިގެންފި
ތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތި
ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި އުމުރުން 25 އަހަރުގެ ޕާކިސްތާނުގެ ރައްޔިތެއްހެ ލަގެޖުން ކަމަށެވެ.

އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާއާ ސުވާލުކޮށް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ،

އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތީގެ ބަރުދަނުގައި 10.14 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާކަމަށް ކަސްޓަމްސްއިން ވަނި ބުނެފައެވެ. އެ ފަސިންޖަރާއި، އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް