ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 15:45
ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ
ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ
އަރބަންކޯ
ތިނަދޫ ޑީކޯ ޗެމްބަރ
ތިނަދޫ ޑީކޯ ޗެމްބަރުގެ މަސައްކަތް މިމަހު މެދުތެރޭގައި ނިންމަނީ
މިއީ އަރބަންކޯގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް
މި މަސައްކަތް ފެށީ މާޗުމަހު

އަރބަންކޯގެ ފަރާތުން ގދ. ތިނަދޫގައި ގާއިމްކުރަމުންދާ ޑީކޮމްޕްރެޝަން ޗެމްބަރުގެ މަސައްކަތް މިމަހުގެ 15 އަށް ނިންމަން މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.

ތިނަދޫގައި ގާއިމްކުރާ މި ޑީކޯ ޗެމްބަރ އަކީ އަރބަންކޯގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗުމަސް ތެރޭގައެވެ.

އަރބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހަމައެކަނި ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީގެ ފަރާތުން ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް ހިންގަމުންދާއިރު، މިއީ ވެސް އެފަދަ މަސައްކަތެއްކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ކުންފުނީގެ ސީއެސްއާރްގެ ދަށުން އާންމުންނަށް ބޭނުންވެފައިވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިނަދޫގައި ގާއިމްކުރާ ޑީކޯ ޗެމްބަރ އަކީ ރާއްޖޭގައި ގާއިމްކުރެވޭ ދެވަނަ ޑީކޯ ޗެމްބަރއެވެ.

ހުވަދޫ އަތޮޅުގައި މި ޗެމްބަރ ގާއިމްކުރެވިގެންދާއިރު، ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭ އިރު، މީހުން ޑީކޯވުމުގެ ފުރުސަތު ބޮޑު އިރު، މީގެ ކުރިން ވެސް މިފަދަ ހާދިސާތައް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި އެފަދަ ކަމެއް ދިމާވުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ. އެހެންކަމުން މި ޑީކޯ ޗެމްބަރ ވެގެންދާނީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބޭ ބޮޑު ލުއި ފަސޭހައަކަށް ކަމަށް އަރބަންކޯއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް