Advertisement
ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 19:11
ގދ. ތިނަދޫގައި ކުރިއަށްގެންދާ ތަމްރީނުތައް
ގދ. ތިނަދޫގައި ކުރިއަށްގެންދާ ތަމްރީނުތައް
ގދ ޖުޑީޝަލް ދާއިރާގެ ކޯޓުތައް
ގދ ޖުޑީޝަލް ދާއިރާގެ ކޯޓުތައް އެއް އުސޫލަކުން ހިންގުމަށް ހާއްސަ ތަމްރީންތަކެއް
މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 35 ބައިވެރިން ތަމްރީންކުރުމަށް ހަމަޖެހިފައިވޭ
ޖޫން މަހުގެ 3ން 8ށް ގދ. ތިނަދޫގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ ހޮނިހިރު ދުވަހު

ގދ ޖުޑީޝަލް ދާއިރާގެ ކޯޓުތައް އެއް އުސޫލަކުން ހިންގުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަގުސަދުގައި، ދާއިރާގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނުތައް ފަށައިފިއެވެ.

ޖޫން މަހުގެ 3ން 8ށް ގދ ތިނަދޫގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement

ޖުޑީޝަރީން ބުނީ މި ޕްރޮގްރާމްގައި ގދ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނާއި ޗީފް އެޑްމިނިސްޓްރޭޓުންނާއި ލީގަލް އޮފިސަރުން، އަދި އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 ބައިވެރިން ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޕްރޮގްރާމްގައި މަދަނީ އަދި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނާއި ގަވާއިދަށް އަހުލުވެރިކުރުމުގެ އިތުރުން، ޝަރީއަތްތަކާގުޅޭ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ދާއިރާގެ ކޯޓުތަކުގެ މެދުގައި އެއްގޮތްކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 މިނެޓު ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް