ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 10:56
ޔުރޮޕާ ލީގު ތައްޓާއެކު ނަވާސް
ޔުރޮޕާ ލީގު ތައްޓާއެކު ނަވާސް
ރޮއިޓާސް
ސްޕެއިން ފުޓުބޯޅަ ޓީމު
ޖީސަސް ނަވާސްއަށް ޖާގަ ދީ ސްޕެއިންގެ ޓީމު އެކުލަވާލައިފި
ޖީސަސް ނަވާސް ހިމެނޭހެން ޓީމަށް ވަނީ ހަތް ބަދަލެއްގެނެސްފަ

މާޗު މަހު ނޯވޭ އާ ބައްދަލުކުރި ސްޕެއިންގެ ޓީމަށް ޖީސަސް ނަވާސް ހިމެނޭހެން ހަތް ބަދަލެއްގެނެސް ޓީމު އެކުލަވާލައިފިއެވެ.

މިއީ ސެވިއްޔާއަށް ކުޅެމުން އަންނަ 37 އަހަރުގެ ޖީސަސް ނަވާސް، 2020 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. ސެވިއްޔާއިން ޔުރޮޕާ ލީގު ކާމިޔާބުކުރިއިރު ނަވާސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާއަށް ޖާގަ ދިނުމުން ނާޗޯ ފަނާންޑޭޒްގެ ޖާގަ ގެއްލުނީއެވެ.

ވޯލްޑް ކަޕަށްފަހު ޓީމާ ހަވާލުވި ޑެ ލާ ފުއެންޓޭ ވަނީ ލުއިސް އެންރީކޭ ގެންގުޅުނު ޓީމުގެ ބޮޑުބައެއް ބަދަލުކޮށްފައެވެ. އޭގެތެރެއިން އަލަށް ގައުމީ ޓީމަށް ނެގި ހަމައެކަނި ކުޅުންތެރިޔަކީ ރޮބިން ލެ ނޯމަންޑްއެވެ. ބާލްޑޭއާއި އަސްޕަސްއަށް ޖާގަ ގެއްލިފައިވަނީ އަނިޔާގެ ސަބަބުންނެވެ. އެންރީކޭ ޒުވާން ޓީމެއް ގެންގުޅުނު ނަމަވެސް، ޑެ ލާ ފުއެންޓޭގެ ޓީމުން ވަނީ ނަވާސް، އަލްބާ އަދި އަސެންސިއޯ ފަދަ ތަޖުރިބާހުރި ކުޅުންތެރިންނަށް ޖާގަ ދީފައެވެ.

ޖޫން މަހު 15 ވަނަ ދުވަހު ނޭޝަންސް ލީގު ސެމީގައި ސްޕެއިން ބައްދަލުކުރާނީ އިޓަލީއާއެވެ. ދެވަނަ ސެމީގައި ކުޅޭނީ ކްރޮއޭޝިއާ އަދި ނެދަލަންޑްސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް