ކ. މާލެ
|
3 ޖޫން 2023 | ހޮނިހިރު 09:58
ޕީއެސްޖީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ރާމޯސް
ޕީއެސްޖީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ރާމޯސް
ޓްވީޓަރ
ސާޖިއޯ ރާމޯސް
ރާމޯސް އަށް ވެސް ސައުދީ ލީގުގެ ހުށަހެޅުމެއް
 
ބައެއް ކުލަބުތަކުން މިހާރު އަންނަނީ ރާމޯސް ހޯދުމަށްޓަކައި މަޝްވަރާ ކުރަމުން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައިވާ ސާޖިއޯ ރާމޯސް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން ޝައުޤުވެރިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ރާމޯސް ވަނީ މި ސީޒަނަށް ފަހު އޭނާ ޕީއެސްޖީ ދޫކޮށްލާނެކަން ހާމަކޮށްފަ އެވެ. އެއާއެކު މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރާމޯސް ހޯދުމަށް ސައުދީ ލީގުގެ ކުލަބުތަކުން ބޭނުންވެ އެވެ. ނަމަވެސް މިހާތަނަށް ރާމޯސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ކޮން ކުލަބެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން ބައެއް ކުލަބުތަކުން މިހާރު އަންނަނީ ރާމޯސް ހޯދުމަށްޓަކައި މަޝްވަރާ ކުރަމުން ކަމަށާއި، ނަމަވެސް މިހާތަނަށް އޭނާ ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާމޯސް މުސްތަޤުބަލާމެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހުނަރުވެރި މޮޅު ކުޅުމެއް ދައްކާފައިވާ ޑިފެންޑަރު އެންމެ ފާހަގަކޮށްލެވުނީ ސްޕެއިންގެ ރެއާލް މެޑްރިޑުގަ އެވެ. އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންގެ ޒިންމާ ވެސް އަދާކޮށްފަ އެވެ. ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު ރާމޯސް އެ ޓީމު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެ އަހަރު ޕީއެސްޖީން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިން އެ ކުލަބަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް ހިމެނެ އެވެ. ނަމަވެސް މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލުމަށް މެސީ ވެސް މިހާރު ވަނީ ނިންމާފަ އެވެ. ރާމޯސް ވަނީ ޕީއެސްޖީ އަށް ކުޅެދިން 57 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް