އައްޑޫ ސިޓީ
|
1 ޖޫން 2023 | ބުރާސްފަތި 08:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
އަމްނާ އިމާދު
އައްޑޫ ސިޓީ
އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގައި ޒަޚަމްކޮށްލި މީހާ މަރުވެއްޖެ
 
މިއީ ކޮއްކޮއާއި ބޭބެއާ ދެމެދު ހިނގި މާރާމާރީއެއް
 
މިހާދިސާ ހިނގީ ބުދަ ދުވަހުގެ ރޭ 23:38ގައި

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލަދީ ރޭ ޒަހަމްކޮށްލި މީހާ މަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ 23:38 ގައި ހިނގި މިހާދިސާގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ 27 އަހަރުގެ އަހްމަދު ޝުއައިބް، ސ،މަރަދޫ ފޭދޫ ބްލޫ ސްޓަރ އެވެ.

ޝުއައިބް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ. މަންޒަރު ދުށްމީހުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށާއި މެޔަށް ވަނީ ބޮޑެތި ޒަޙަމްތަކެއް ދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފޯނެއްގެ މައްސަލައިގައި ޝުއައިބުގެ ކޮއްކޮއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މިމާރާމާރީ ހިންގާފައިވަނީ އެމީހުން ދިރިއުޅޭ ގޭ ކުރިމަތީ އޮންނަ ދުވާރުމަތީގައެވެ. ފުލުހުން ރާއްޖެއެމްވީއަށް މައުލޫމާތުދިން ގޮތުގައި މާރާމާރީ ހިންގި މީހާ ވަނީ ފިލާފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މައްސަލަ ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
0%
67%
0%
ކޮމެންޓް