Advertisement
އައްޑޫ ސިޓީ
|
31 މެއި 2023 | ބުދަ 19:23
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފި
އިކޮނޮމިކް މިނިސްޓްރީ
ހަންކެޑެ މަޝްރޫޢު
ހަންކެޑެ މަޝްރޫޢުއަށް މުވައްޒަފުން ހޯދުމަށް ކުރިއަށްގެންދިޔަ އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް !
ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުރެވިގެންދާނެ
މި މަޝްރޫއިން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ

އައްޑޫ ސިޓީގެ ހަންކެޑެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުގައި، މޯލްޑިވްސް ފަންޑް މެނޭޖެމެންޓް ކޮމްޕެނީގައި މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކޮށް މިއަދު ކުރިއަށް ގެންދިޔަ އިންޓަވިއުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މިމަޝްރޫޢުގައި މަސައްކަތް ކުރުމުގެ ގޮތުން އޮފިސަރ، އެކްޒެކެޓިވް، ސުޕަވައިޒަރުން އަދި ސަޕޯޓް ސްޓާފުން ހޯދުމަށް ކޮށްފައިވާ އިއުލާނާއި އެކު ވޯކް-އިން އިންޓަވިއުތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން އެކަށީގެންވާ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

Advertisement

އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއްގެ ގެނެސްދޭ މަޝްރޫއެއް ކަމަށްވާ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާރޗްމަހުގެ 30 ވަނަ ދުވަހުއެވެ.

142.9 މިލިއަން ޑޮލަރުގެ މި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެގައި ޖުމްލަ 2082 އެނދު ހިމެނޭގޮތަށް 1041 ކޮޓަރި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި 2 ގްރޭންޑް ހޮޓެލް، 2 ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 17 ބީޗް ވިލާ، 64 ސަރވިސްޑް އެޕާޓްމަންޓްގެ އިތުރުން ރެސްޓޯރެންޓްތަކާއި، ޝޮޕިންގް އޭރިއާތަކާއި، ވޯޓަރ ޕާކަކާއި، ކުޅިވަރުކުޅުމާއި މުނިފޫހިފިލިވުމުގެ ވަސީލަތްތައް ތަރައްގީ ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް