ކ. މާލެ
|
31 މެއި 2023 | ބުދަ 10:44
ޔުވެންޓަސްގެ ފަރިތަކުރުމެއްގެ ތެރޭގައި ޑިމާރިއާ
ޔުވެންޓަސްގެ ފަރިތަކުރުމެއްގެ ތެރޭގައި ޑިމާރިއާ
ޓްވީޓަރ
ބެންފީކާ
ޑިމާރިއާ ހޯދުމަށް ބެންފީކާ އިން މަސައްކަތް ކުރަނީ
އެ ކުލަބަަށް ކުޅެދިން ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ 124 މެޗުގައި 15 ލަނޑު ޖަހައިފައި

މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ އެންހެލް ޑިމާރިއާ ހޯދުމަށް އޭނާގެ ކުރީގެ ކުލަބު ބެންފީކާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ އަހަރު ޑިމާރިއާ ޔުވެންޓަސް އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިހާރު ޑިމާރިއާ ވަނީ ކުލަބު ދޫކޮށްލަން ނިންމައިފަ އެވެ. އެކަން އޭނާ ޔުވެންޓަސްގެ އިސް ފަރާތްތަކަށް ވެސް އަންގާފައިވާ ކަމަށާއި، އެހެންކަމުން އޭނާ އަށް އިތުރު އެއްބަަސްވުމެއް އެކުލަބުން ހުށަނާޅާނެ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. މީގެ ކުރިން ޑިމާރިއާ ވަނީ ބެންފީކާ އަށް ކުޅެދީފަ އެވެ. ބެންފީކާ އަކީ ޑިމާރިއާގެ ސީނިއާ ކެރިއަރުގައި އޭނާ ގުޅުނު ދެ ވަނަ ކުލަބެވެ. އެ ކުލަބަަށް ކުޅެދިން ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ 124 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. އަލުން ބެންފީކާ އިން ޑިމާރިއާ ހޯދުމަށް މަސައްކަތް ކުރަނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އަލުން ބެންފީކާ އިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ސައުދީ އަރަބިޔާގެ ކުލަބުތަކުން ވެސް އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ޑިމާރިއާ އަދިވެސް ބޭނުންވަނީ ޔޫރަޕުގެ ކުލަބަކަށް ފުޓުބޯޅަ ކުޅެން ކަމަށްވުމުން، އޭނާ ސައުދީ އަށް ބަދަލުވުމަކީ ދުރުކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ޔުވެންޓަސް އަށް ބަދަލުވެ ޑިމާރިއާ ވަނީ އެ ކުލަބަށް 38 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފަ އެވެ. ޔުވެންޓަސް އަށް ބަދަލުވި ނަމަވެސް ސީޒަނުގެ ވަކި ހިސާބަކުން އޭނާ އަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާއާއެކު ޑިމާރިއާ އަށް ފީފާ ވޯލްޑް ކަޕް ގެެއްލިދާނެ ކަމުގެ ބިރު ވެސް ބޮޑުވި އެވެ. ނަމަވެސް އޭނާ ވަނީ އެ މުބާރާތުގައި ވެސް ކުޅެފަ އެވެ. އޭގެ ފަހުން ޑިމާރިއާ އަކީ ޔުވެންޓަސްގެ ފުރަތަމަ 11 އިން ކޯޗު އަބަދުވެސް ފުރުސަތު ދެމުން އަންނަ ކުޅުޅުންތެރިޔެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް