Advertisement
ކ. މާލެ
|
31 މެއި 2023 | ބުދަ 07:17
އެމްޑީޕީ ހަރުގެ އަތުލައި، އެތަނުގައި ކުލަ ލަނީ
އެމްޑީޕީ ހަރުގެ އަތުލައި، އެތަނުގައި ކުލަ ލަނީ
ރާއްޖެއެމްވީ
އެމްޑީޕީ ހަރުގެ މައްސަލަ
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުދިން
ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށް ކޯޓުން ބުނި

އެމްޑީޕީގެ ހަރުގެ އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެ ބިން އެމްޑީޕީއަށް ކުއްޔަށް ދީފައި ވަނީ އެ ޕާޓީގެ ކުރީގެ މެންބަރު ޝަފިއްޔާ ޒުބައިރެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުން ހަމަވި ނަމަވެސް އަނގަބަހުން އެގްރިމެންޓުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ޕާޓީން ބުނެއެވެ.

އެމްޑީޕީން ސިވިލް ކޯޓުގައި އެދުނީ އެ މައްސަލަ ކޯޓުން ނިމެންދެން ހަރުގެ އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ. ކޯޓުން ނިންމި ނިންމުމުގައިވަނީ އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް މިވަގުތު ފެންނަން ނެތް ކަމަށެވެ.

Advertisement

އެމްޑީޕީއަށް ހިމާޔަތް ލިބެންޖެހޭ އެފަދަ ހައްގެއް މިވަގުތު ފެންނަން ނެތްއިރު، އެ ޕާޓީއަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންވެ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުން ބުންޏެވެ.

އާރޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީ ހަރުގެ ހިންގަމުން އައި ބިމަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި އުފެދިގެން އުޅޭ ކޯޅުމުގެ ތެރޭގައި ޝަފިއްޔާ ވަނީ އެމްޑީޕީގެ ތެރެއިން އުފެދިފައިވާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވާފައެވެ.

އަދި ދަ ޑިމޮކްރެޓްސްއިން ހަރުގެއަށް ވަދެ، އެތަނުގެ ކުލަ ބަދަލުކޮށް، އެތަނުގައި ހުރި ޕޯސްޓަރުތައް ވެސް ވަނީ ނައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް