ކ. މާލެ
|
30 މެއި 2023 | އަންގާރަ 18:22
އެޑްވިން ވެން ޑަ ސާ
އެޑްވިން ވެން ޑަ ސާ
އަޔަކްސް
އަޔަކްސް
އަޔަކްސްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ވެން ޑަ ސާ އިސްތިއުފާދީފި
 
ވެން ޑަ ސާ އަޔަކްސްގެ ބޯޑު މެންބަރަކަށްވީ 2012 ވަނަ އަހަރު

އަޔަކްސްގެ ޗީފް އެގްޒެކެޓިވް މަގާމުން އެޑްވިން ވެން ޑަ ސާ އިސްތިއުފާދީފިއެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ވެން ޑަ ސާ އަޔަކްސްގެ ބޯޑު މެންބަރަކަށްވީ 2012 ވަނަ އަހަރުއެވެ. އޭގެފަހުން ޗީފް އެގްޒެކެޓިވްގެ މަގާމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ.

އަޔަކްސްއަށް މި ސީޒަން ނިންމާލެވުނީ ތާވަލުގެ ތިންވަނައިންނެވެ. އެހެންކަމުން އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލިފައެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން އަޔަކްސް ޗެމްޕިއަންސް ލީގަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ. ވެން ޑަ ސާ ބުނީ އަޔަކްސްއާއެކު އުފާވެރި ތަޖުރިބާތަކަކާއި ހިތި ތަޖުރިބާތަކެއް ކުރެވިފައިވާކަމަށެވެ. އަދި މި ދުވަސްކޮޅަކީ ދަތި ދުވަސްކޮޅެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ޓީމާ ދުރުގައި ވަގުތު ކޮޅެއް ބޭނުންވާކަމަށާ، ޓީމުގެ މުސްތަގުބަލާމެދު ގޮތް ނިންމަން ފަސޭހަ ނުވުުމުން އިސްތިއުފާދޭކަމަށެވެ.

ވޭތުވެތިޔަ ދެ ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދި އަޔަކްސްއަށް މި ސީޒަން ނިންމާލަން ޖެހުނީ، އެއްވަނާގައި އޮތް ފެޔެނޫޑަށްވުރެ 12 ޕޮއިންޓު، އަދި ދެވަނާގައި އޮތް ޕީއެސްވީއަށްވުރެ ހަ ޕޮއިންޓު ފަހަތުންނެވެ. އަދި ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުން ކެޓިއިރު، ޔުރޮޕާ ލީގު ޕްލޭ އޮފް ރައުންޑުގައި ޔުނިއަން ބަރލިން އަތުން ވަނީ ބަލިވެފައެެވެ.

ޔުވެންޓަސް، ފުލަމް އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުމުގެ ކުރިން ވެން ޑަ ސާ ވަނީ އަޔަކްސްއަށް 300އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
50%
0%
0%
0%
0%
ކޮމެންޓް