ކ. މާލެ
|
30 މެއި 2023 | އަންގާރަ 09:17
ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު
ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު
ވެރިންނަށް ދޭންޖެހޭ އިއްޒަތާއި ގަދަރު
ވެރިންނަށް ރަނގަޅު ނޫން ނަންނަމުން ގޮވާ، ޢިއްޒަތާއި ކަރާމާތް ނަގާލާ ޑިމޮކްރަސީ އެއް ބޭނުމެއް ނޫން - މުޢިއްޒު
ރައީސުންނަށް ވަނަމުން ގޮވުމަށް ހިތްވަރުދެއްވާ ނަޝީދު ދެއްކެވި ވާހަކަފުޅަށް ބައެއް އާއްމުންނާއި ސިޔާސީ މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި
ނަޝީދުގެ ވާހަކަފުޅުގައި ކުރީގެ ރައީސުންނަށް ނިސްބަތްކޮށް ކިޔާފައިވާ ނުރަނގަޅު ވަ ނަންތައް ވިދާޅުވެ އެއީ ޑިމޮކްރަސީކަމަށް ވިދާޅުވެފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި
މުޢިއްޒު ވިދާޅުވީ ވެރިންނަށް އިޚްތިރާމްކުރަން ޖެހޭ ކަމަށް

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހުތުރު ނަންނަމުން ގޮވާ، ވެރިންގެ އިއްޒަތާއި ކަރާމާތް ނަގާލާ ޑިމޮކްރަސީ އެއް ބޭނުންފުޅު ނުވާ ކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ނިސްބަތްކޮށް ކިޔާފައިވާ ނުރަނގަޅު ނަމާމެދު ކަންބޮޑުވުމަކީ ޑިމޮކްރަސީގައި ފަހަތަށް ދިއުން ކަމަށް ސިފަކުރައްވާފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ކިޔާފައިވާ އެކިއެކި ވަނަންތަކެއް ވެސް ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތްކުރައްވާ މުޢިއްޒު ވަނީ ނަޝީދުގެ ވާހަކަފުޅުގައި ކުރީގެ ރައީސުންނަށް ނިސްބަތްކޮށް ކިޔާފައިވާ ނުރަނގަޅު ވަނަންތައް ވިދާޅުވުމަށް ފަހު، އެފަދަ ބޭފުޅުންނަށް މަޖިލީހުގައްޔާއި އެހެންތަންތަނުގައި އެ ނަންނަމުން މުޚާތަބުކޮށް ކިޔާފައިވާ ކަމަށާއި، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަށް އެފަދަ ނަމެއް ކިޔުމުން ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވިދާޅުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މުޢިއްޒު ވަނީ ޑިމޮކްރަސީގެ ރޫހަކީ އެއީ ކަމަކަށް ވާނަމަ އެފަދަ ޑިމޮކްރަސީ އެއް ލިބިގެން ތިބުން ހެޔޮ ވާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެކަމާމެދު މުޢިއްޒުގެ ޚިޔާލު ހުރި ގޮތް ހާމަކުރައްވާ އޭނާ ވިދާޅުވީ އިންސާނީ ޢިއްޒަތާއި ކަރާމާތަށް އިޚްތިރާމް ނުކުރެވޭ ޑިމޮކްރަސީ އެއް ބޭނުންފުޅު ނުވާ ކަމަށެވެ. މީގެ އިތުރުން އެފަދަ ނަންނަމުން މީހުންނާއި މުޚާތަބުކޮށް، އިންސާނެއްގެ އަގު ވައްޓާލައި، އަބުު ނަގާލުން އެއީ ދީނުގައި ވެސް ޙަަރާމް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ ވެރިންނައި ޢިލްމުވެރިންނާއި ޤައުމުގެ އަޝްރާފުންނަށް އިޚުތިރާމްކުރަން ޖެހޭ ކަަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެފަދަ މީހަކު ވައްކަމެއް ކޮށް ދައުލަތުގެ ފައިދާ އާއި މުދަލަށް ޚިޔާނާތްތެރިވެ، އެހެންވެސް ކުށްތައް ކޮށް، ޢައްދާރުވާނަމަ އެކަން ޝަރީޢަތާއި ޤާނޫނުގެ ތަރަހައިގެ ތެރެއިން ފުރިހަމަ އަށް ބެލެން ވާނެ ކަމަށެވެ.

ހިމާތަމައަކީ މިދިޔަ 15 އަހަރު ތެރޭގައި ރާއްޖެ އަށް ގެނައި ޑިމޮކްރަސީ އަކީ އެމީހަކު ހިތު ހުރި ގޮތަކަށް އުޅެން ލިބުނު ލައިސެންންސަކަށް ވެފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ފުނޑުފުނޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިމޮކްރަސީ އޭ ކިޔައިގެން ސިޔާސީ މީހުން ރައްޔިތުން ގުބޯހައްދާ، އަމިއްލަ އެދުންތައް ހާސިލްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުންނަށް ވަނަމުން ގޮވުމަށް ހިތްވަރުދެއްވާ ނަޝީދު ދެއްކެވި ވާހަކަ އަށް ބައެއް އާއްމުންނާއި ސިޔާސީ މީހުންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް