ކ. މާލެ
|
28 މެއި 2023 | އާދީއްތަ 21:47
ހައިވޭގައި ހިނގި އެކްސިޑެންޓް
ހައިވޭގައި ހިނގި އެކްސިޑެންޓް
ޓްވީޓަރ
ހައިވޭގައި އެކްސިޑެންޓެއް ހިނގުން
ހައިވޭގައި މީހަކު ނިޔާވުން: ސައިކަލު ދުއްވީ ނުބައި ލޭނަކުން
 
ފުލުހުން ދަނީ މައްސަލަ އިތުރަށް ބަލަމުން
 
ސައިކަލު އައިސް ޖެހުނީ ފުލުހުންގެ ޕިކަޕެއްގައި

ހޮނިހިރު ދުވަހުގެރޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާއިރު, އެކްސިޑެންޓުވި ސައިކަލު ދުއްވީ ނުބައި ލޭނަކުން ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު މެންދަމު 12:04ހާއިރު ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހި، ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން އާދީއްތަ ދުވަހުގެރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި އައިސް ވަނީ އެ ޕިކަޕުގެ ފަހަތުގައި ޖެހިފައެވެ. އެކްސިޑެންޓް ވީއިރު ސައިކަލު ދުއްވަމުންގޮސްފައި ވަނީ ނުބައި ލޭނަކުންކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގުނަލް ޖައްސައިގެން ކަމަށާއި، އެކާރަކީ ހުކުރު ދުވަހުގެރޭ 20:07 އެހައިކަންހާއިރު ހުއްޓިގެން އެތަނުގައި ބާއްވާފައި އޮތް ކާރެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
10%
10%
20%
30%
20%
10%
ކޮމެންޓް