Advertisement
ކ. މާލެ
|
28 މެއި 2023 | އާދީއްތަ 13:11
ފެމިލީ ކޯޓް
ފެމިލީ ކޯޓް
އަވަސް
ފެމިލީ ކޯޓުގެ ގާޒީއަކު ހޯދުން
ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފި
އިއުލާން ބާތިލް ކުރި ސަބަބެއް ހާމައެއް ނުކުރޭ

ފެމިލީ ކޯޓުގެ ގާޒީއަކު ހޯދަން ކުރި އިއުލާން ބާތިލްކޮށްފިއެވެ.

އެ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލުމުން މުއްދަތު ހަމަވުމުން 25 މީހަކު ކުރިމަތިލި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

Advertisement

ޖޭއެސްސީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ކުރިން އާންމުކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިއުލާން ބާތިލުކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފެމިލީ ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭއިރު، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1،375 ރުފިޔާ ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް