ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 07:19
އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަވާ ރާއްޖޭގެ އާ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަންކުރެއްވުން
އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަވާ ރާއްޖޭގެ އާ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަންކުރެއްވުން
ހާރިޖީ ވުޒާރާ
ތިރުވަނަންތަޕޫރަމްގައި ހުންނަ ކޮންސުލް ޖެނެރަލް
ތިރުވަނަންތަޕޫރަމްގައި ހުންނަ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ
 
ޝިފާނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއިން މި މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ޔަގީންކުރައްވާކަމަށް ޝާހިދު ވިދާޅުވި

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަގާމަށް އާމިނަތު ޝިފާނާ އައްޔަނުކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއިން މި މަގާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމަށް ޔަގީންކުރައްވާކަމަށާއި، އަދި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށެވެ. މިނިސްޓަރު ޝާހިދު ވަނީ، މި މަގާމުގެ ޓަރމް ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަމަތަ އަންހެން ކޮންސުލް ޖެނެރަލް، އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީއަށް ޝުކުރު އަދާކުރައްވާފައެވެ.

ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް