ކ. މާލެ
|
26 މެއި 2023 | ހުކުރު 15:31
މާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
މާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖެއެމްވީ
ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު
ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަނީ
 
ބިދޭސީންނާ ހަވާލުވެވޭނީ ވަޒީފާ އަދާކުރުމާ ގުޅޭ ގޮތުން އެކުލަވައިލާ ގަވައިދަކާ ހިލާފުވެފައި ނުވާނަމަ

ސައްހަ ހުއްދައެއް ނެތި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީ ވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފަ އެވެ.

ގަވާއިދުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދު އަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީންގެ ތެރެއިން ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަތައް ނުވަތަ މީގެ ކުރިން ބޭނުންކުރެވެމުންދިޔަ ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނެތި ވަޒީފާ އަދާކުރަމުންދާ ބިދޭސީންނަށް މިގަވާއިދުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ރެގިއުލަރައިޒްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވާއިދު އެކުލަވާލުމުގެ ކުރިން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭގޮތުން އެކުލަވާލައިފައިވާ ގަވާއިދެއްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދައެއް ލިބިފައިވާ ބިދޭސީއެއް ކަމުގައިވާންޖެހެއެވެ. މީގެ އިތުރުން ރެގިއުލަރައިޒް ކުރަން ހުށަަހަޅާ ބިދޭސީންނާ ހަވާލުވެވޭނީ ވަޒީފާ އަދާކުރުމާ ގުޅޭ ގޮތުން އެކުލަވާލާ ގަވައިދަކާ ހިލާފުވެފައި ނުވާ ނަމަ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވައިދަށް ވެއްދުމަށް އެދޭ ބިދޭސީންނަކީ ސައްހަ ހުއްދައެއްގައި ރާއްޖެ އައިސް، ހޯދަންޖެހޭ އެހެން ހުއްދަތައް ނުހޯދާ ތިބި ބިދޭސީންނަށް ވާންޖެހެ އެވެ. އެފަދަ ބިދޭސީން ގަވައިދަށް ފެތެން އެދި ހުށަހެޅުމުން އޭނާއަކީ ކާކުކަން ދެނެގަތުމުގެ މަރުހަލާގައި އިކޮނޮމިކް މިނިސްޓްރީން އަންގާ ތަނަކަށް ބިދޭސީ މީހާ ގެންދަންޖެހޭނީ ވަޒީފާ ދޭ ފަރާތުން ކަމަށް ބަޔާންކޮށްފައިވެއެވެ.

މިގަވާއިދުގެ ދަށުން ރެގުއުލަރައިޒް ކުރެވޭ ފަރާތްތަކަށް ރެގިއުލަރައިޒް ކުރުމަށް ޚާއްސަކޮށްގެން ވަޒީފާދޭ ފަރާތްތަކަށް ޚާއްސަކޯޓާއެއް ދޫކުރާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ގާނޫނާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ވަގުތުން ޑީޕޯޓު ކޮށްލެވޭ ގޮތަށް ގާނޫނުތައް ތަންފީޒުކުރަންޖެހޭ: އާޒިމް
ގަވާއިދާ ހިލާފަށް އުޅޭ 900ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލެވިފައިވޭ: ޝަމްއާން
ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ބިދޭސީންގެ މައްސަލަ ފާލުން ނެއްޓުމަކީ އެތައް އަހަރެއްގެ އިހުމާލުގެ ނަތީޖާ، ހަމަމަގަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ބުރަ
ކަޅުބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަވާއިދާ ހިލާފަށް އުޅޭ 800ށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ފުރުވާލެވިފައި: އިމިގްރޭޝަން
ކެއިން ބުއިމާއި މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ހަ ރޯދަތެރޭގައި ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި