ކ. މާލެ
|
24 މެއި 2023 | ބުދަ 14:27
ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދަ ދިނުން
ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުއްދަ ދިނުން
ސޯޝަލްމީޑިއާ
'ދަ ޑިމޮކްރެކްޓްސް' ޕާޓީ
'ދަ ޑިމޮކްރެކްޓްސް' އުފައްދަން ހުއްދަ ދީފި
އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ 12 މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައި
އެ ޕާޓީ އުފައްދަން ހުއްދަ ދީފައި ވަނީ 24 މޭއި 2023ގައި
'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުށަހަޅާފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހު

ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީގެ އުފެއްދުމަށްޓަކައި ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ކުރުމަށް 'ދަ ޑިމޮކްރެޓްސް' އަށް ހުއްދަ ދީފިއެވެ.

އެ ޕާޓީ އުފައްދަން ހުއްދަ ދީފައި ވަނީ 24 މޭއި 2023 ގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމް ސޮއިކުރައްވާފައިވާ ސިޓީން އެނގޭގޮތުން އެ ޕާޓީ އުފެއްދުމަށް 3000 މީހުންގެ ސޮއި ހޯދުމަށް ހުއްދަ ދީފައި ވަނީ ސިޔާސީ ޕާޓީގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތީންނެވެ.

އެހެންކަމުން 3 މަސް ދުވަހުގެ ތެރޭގައި ޕާޓީ އުފައްދަން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުށަހަޅާފައި ވަނީ މިހިނގާ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ ތިއްބަވައިގެން 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީ އުފައްދަން ފޯމު ހުށަހެޅުއްވި ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.

އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ މަޖިލީހުގެ 12 މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އަދި އެއް މެންބަރަކު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ. ވަކި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެ ބޭފުޅުން ފައްޓަވާފައިވަނީ މަޖިލީހުގެ ތެރޭގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ އުސޫލުތަކާއި ޚިލާފު ވާތީ ފިޔަވަޅު އަޅައިދިނުމަށް އެދިފައި ވަނިކޮށެވެ.

- ކޮމެންޓް