ކ. މާލެ
|
23 މެއި 2023 | އަންގާރަ 10:05
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުން
ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުން ބަދަލުކުރާނަމަ ޖެހޭނީ ނިޒާމް ބަދަލުކުރަން - އަސްލަމް
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ބިން ހިއްކަން ހޭދަ ވަނީ އެއް މިންވަރެއް ކަމަށް މިނިސްޓަރު ވިދާޅުވި
ގޯތި ދޭ އިރު ހިލޭ ގޯތިދެއްވަން ނިންމެވީ ހުޅުމާލޭގެ ބިމުގެ އަގު ދަށް ވެގެން ނޫން ކަމަށް އަސްލަމް ވިދާޅުވި
ބަންޑާރައިން ގޯތި ދިނުމަކީ މާ ކުރީއްސުރެ ރާއްޖޭގައި އޮތް ކަމެއް ކަމަށް އަސްލަމް ވިދާޅުވި

ހުޅުމާލެއިން ހިލޭ ގޯތި ދޫކުރުން ބަދަލުކުރާ ނަމަ ޖެހޭނީ ނިޒާމް ބަދަލުކުރަން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އަސްލަމް އެފަދައިން ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ނޮޅިވަރަމްފަރުގައި ހަ ލައްކަ އަށް ވިއްކި ފްލެޓްތައް މިލިއަނަކަށް ވުރެ ބޮޑު އަގުގައި ވިއްކުމަކީ ހަމައަގު ކަމަށް މީގެ ކުރިން އަސްލަމް ވިދާޅުވެފައިވާ ކަަމަށެވެ. އެހެންކަމަށް ވާއިރު ހުޅުމާލެއިން ގޯތި ދޭ އިރު ހިލޭ ގޯތިދެއްވަން ނިންމެވީ ހުޅުމާލޭގެ ބިމުގެ އަގު ދަށްވުމުން ނުވަތަ އަގު ނެތުމުންތޯ އޭނާ ސުވާލުކުރެއްވިއެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ހަ ލައްކަ ރުފިޔާ އަށް ދެ ކޮޓަރި ފްލެޓް ނޭޅޭނެ ކަމަށާއި އެއީ ހަމަ އަގެއް ނޫން ކަމަށެވެ. އަސްލަމް ވިދާޅުވީ ހުޅުމާލެއިން ބަންޑާރައިން ގޯތި ދިނުމަކީ މާ ކުރީއްސިރެ ރާއްޖޭގައި އޮތް ކަމެއް ކަމަށާއި ދިވެހިން ގަބޫލުކުރާ ގޮތުގައި އެއީ އެކަން އޮންނަން ޖެހޭ ގޮތް ކަމަށެވެ. ސިޔާސީ ލީޑަރުން ވެސް ތިބީ ބަންޑާރަ ގޯތި ދޭ އުސޫލު ބަދަލުކުރާ ގޮތަކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ވިޔަސް އަދި އެހެން ރަށެއް ވިޔަސް ބިން ހިއްކަން ހޭދަ ވަނީ އެއް މިންވަރެއް ކަމަށާއި އެހެންކަމުން އެހެން ރަށްރަށުން ބަންޑާރަ ގޯތި ދޫކުރާ ފަދައިން ހުޅުމާލެއިން ވެސް ގޯތި ދޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަން ބަދަލުކުރެވޭނީ ނިޒާމް ބަދަލުކޮށްގެން ކަަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެ ކަމަށް އެއްބަސްވެވޭނަމަ އެ ވާހަކަދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގޯތި ދޭ އިރު ހިލޭ ގޯތިދެއްވަން ނިންމެވީ ހުޅުމާލޭގެ ބިމުގެ އަގު ދަށް ވެގެން ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން އަވަސް ކުރަން މަސައްކަތް ނުކުރޭ - އާޒިމް
ސަރުކާރުން ޖަހާ ލަނގިރިއަކަށް ނުނަށާނެ، ފްލެޓާއި ގޯތި ދޫކުރުމަށް ބާރުއަޅާ އެ މަސައްކަތް އެމްޑީޕީން ކުރާނެ: މެންބަރު ފަލާހު
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަކީ ރައީސް މުއިއްޒުގެ ފިކުރެއް ނޫން: މެންބަރު ހުސައިން ޝަހީމް
މި ސަރުކާރުން މަސައްކަތްކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ގޯތިތައް ދިނުމަށް: އަކްރަމް
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ހޯދައިދިނުމަށް ކޯޓަށް ދާން ޖެހިއްޖެނަމަ ކޯޓަށްވެސް ދާނަން: އާޒިމް