Advertisement
ކ. މާލެ
|
21 މެއި 2023 | އާދީއްތަ 07:04
ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާ
ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާ
ކަރެކްޝަންސް
ޖަލު އޮފިސަރުންގެ ތަމްރީނު
ޖަލު އޮފިސަރުންގެ އަސާސީ ތަމްރީނު އިތުރު 51 އޮފިސަރުން ފުރިހަމަކޮށްފި
މި ތަމްރީނު ފަށާފައިވަނީ 31 ޖެނުވަރީ 2023 ގައި
“ބެސްޓް އޯލް ރައުންޑް” ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް މުޒްހިރް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 27 ވަނަ ބެޗެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހީމް މުޙައްމަދު ދީދީ، ޣާޒީ އަލްއުސްތާޛު މޫސާ ނަސީމް، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މޫސާ އަންވަރު، ޖަލުތަކުގެ ޑައިރެކްޓަރުން، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ދަޢުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. 

31 ޖެނުވަރީ 2023 ގައި ފެށި މި ޓްރޭނިންގ އަކީ 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންއެކެވެ. 53 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 51 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

Advertisement

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަން ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން އެންމެ ދުޅަ ހެޔޮ ނުވަތަ ފިޓަސްޓް އަންހެން އަދި ފިރިހެން އޮފިސަރާއި ސެޓްފިކެޓް އަދި ޝީލްޑް ޙަވާލުކޮށްދެއްވާފައިވާއިރު، “ބެސްޓް އޯލް ރައުންޑް” އަށް ހޮވިފައިވާ އޮފިސަރަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ޙަވާލުކޮށްފައިވެއެވެ. މިގޮތުން އެންމެ ދުޅަ ހެޔޮ އަންހެން އަދި ފިރިހެން އޮފިސަރުންނަކީ ޕްރިޒަން ޕްރައިވެޓް އަމާނީ އަޙްމަދު އާއި ޕްރިޒަން ޕްރައިވެޓް މުރުތަލާ އަދްނާންއެވެ.

އަދި “ބެސްޓް އޯލް ރައުންޑް” ގެ ލަޤަބް ކާމިޔާބުކޮށްފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް މުޒްހިރްއެވެ. މީގެ އިތުރުން ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދެވިފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއް ދީފައެވެ. ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ޣާޒީ އަލްއުސްތާޛު މޫސާ ނަސީމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް