ކ. މާލެ
|
21 މެއި 2023 | އާދީއްތަ 07:01
އާބަންކޯ އިން މުބާރާތުގެ ތައްޓާއެކު އުފާ ފާޅުކުރަނީ
އާބަންކޯ އިން މުބާރާތުގެ ތައްޓާއެކު އުފާ ފާޅުކުރަނީ
އަރބަންކޯ
އިންޓަރ އޮފީސް ވޮލީ މުބާރާތް
ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޗެމްޕިއަންކަން އާބަންކޯއަށް
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ)

އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޗެމްޕިއަންކަން އާބަންކޯއިން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭގައި ކުޅުނު ފައިނަލް މެޗުން އާބަންކޯ މޮޅުވީ ވެމްކޯ އާ ބައްދަލުކޮށް، ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓުން ބަލިވިނަމަވެސް ވެމްކޯ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ދެ ސެޓުވެސް ނިމުނީ 25-21 އިން އާބަންކޯ ކުރިހޯދައިގެނެވެ.

ފުރަތަމަ ދެ ސެޓު ނެގުމާއެކު އާބަންކޯ އިން ތިން ވަނަ ސެޓު ކުޅުނީ އެއްވެސް ހާސްކަމެއް ނެތިއެވެ. އަދި ވެމްކޯ ޓީމަށް އޮތް ޕްރެޝަރު ބޮޑުވުމުން އެނބުރި މެޗުތެރެއަށް ވަންނަން އުނދަގުވިއެވެ. ތިން ވަނަ ސެޓު ވެމްކޯ އިން ކާމިޔާބުކޮށްފައިވަނީ 25-16 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާބަންކޯގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އެވެ.

އިންޓަރ އޮފީސް ވޮލީ މުބާރާތް ނިމުނުއިރު، މުބާރާތުގެ ގަދަ ހައެއް ގައި ހިމެނިފައިވަނީ، ސިފައިން ޓީމުގެ އާދަމް ނަސީމް (އެޑަމް) އާއި ހުސައިން ރައްޒާން، ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ) އާއި ހުސައިން ޔޫސުފް (ޓޯއި) ގެ އިތުރުން އާބަންކޯގެ އިޝާން މުހައްމަދު (ބަޓިސް) އާއި އާދަމް ފައިރޫޒްއެވެ. އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ އާބަންކޯގެ ޒުވާން ލިބަރޯ، އަހުމަދު މުޒްލިފެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ އާބަންކޯގެ ލަސިންދު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އާބަންކޯގެ މުހައްމަދު ސާޖިދު (ކާއްޓެ) ހޮވިފައިވާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ) އެވެ.

އާބަންކޯ މި މުބާރާތް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ވެމްކޯ އިން ދެވަނަ ހޯދާފައިވާއިރު ތިން ވަނަ ޓީމަކީ ސިފައިންގެ ޓީމެވެ.

- ކޮމެންޓް