Advertisement
ކ. މާލެ
|
19 މެއި 2023 | ހުކުރު 11:54
ސްކޫލުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ޗާޓެއް
ސްކޫލުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ޗާޓެއް
ރާއްޖެއެމްވީ
އައްޑޫ އަދި ފުވައްމުލަކުގެ ސްކޫލުތަކުގެ މަސައްކަތް
އައްޑޫ އަދި ފުވައްމުލަށް ސިޓީގެ ގިނަ ސްކޫލުތަކުގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށް
އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމްގެ މަސައްކަތް ވަނީ ނިމިފައި
ސ.މަރަދޫ ސްކޫލުގެ އައު އިމާރާތާއެކު 12 ކްލާސް ރޫމްގެ މަސައްކަތް ކުރިއަށްދޭ
ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދޭ

އައްޑޫ އަދި ފުވައްމުލަށް ސިޓީގެ ގިނަ ސްކޫލުތަކުގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ސްކޫލުތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އައްޑޫ އަދި ފުވައްމުލަށް ސިޓީގެ ސްކޫލުތަކުގައި ވެސް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އައްޑޫ ސިޓީއަށް ބަލާއިރު، ސ.ހިތަދޫ ނޫރާނީ ސްކޫލުގެ 12 ކްލާސްރޫމް އިމާރާތް ކުރުމާއި، އައްޑޫ ހައި ސްކޫލް މަލްޓި ޕާޕަސް ހޯލް، ރިސޯސް ބިލްޑިންގ ސްޓާފް ރޫމް އަދި 12 ކްލާސްރޫމް އިމާރާތް ކުރުމާއި، ސ.ހިތަދޫ ޝަރަފުއްދީން ސްކޫލު މަލްޓި ޕާޕަސް ހޯލް، އަދި 18 ކްލާސްރޫމާއި، 3 ބުރި އިމާރާތުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ސ.މަރަދޫ ސްކޫލުގެ އައު އިމާރާތާއެކު 12 ކްލާސް ރޫމް، ސައިންސް ލެބް، އޭވީ ރޫމް، އަދި ކޮމްޕިއުޓަރ ލެބްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މަރަދޫފޭދޫގެ އިރުޝާދިއްޔާ ސްކޫލުގެ ކެންޓީނާއި، ހެލްތު ރޫމް، ލެބް އަދި އޮފީސް އިމާރާތުގެ އިތުރުން އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމްގެ މަސައްކަތް ނިމިފައިވާއިރު، އިތުރަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

Advertisement

މީގެ އިތުރުން ސ.ފޭދޫ އައު ސްކޫލު އެޅުމާއި، ފޭދޫ ސްކޫލު 2 ކްލާސްރޫމް، ހެލްތު ރޫމް، ކައުންސިލަރ ރޫމް އަދި ގުދަން އިމާރާތް ގާއިމުކުރުމުގެ މަސައްކަތް ރޭވިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ސ.އަތޮޅު މަދަރުސާ ސްކޫލުގެ 5 ކްލާސް ރޫމްގެ އިމާރާތާއި 06 ކްލާސްރޫމްގެ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބައެއް ކްލާސްރޫމްގެ މަސައްކަތް ވަނީ ނިމިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ފުވައްމުލަށް ސިޓީއަށް ބަލާއިރު، ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމް އިމާރާތް، ހާފިޒު އަހުމަދު ސްކޫލުގެ 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް، މުހައްމަދު ޖަމާލުއްދީން ސްކޫލުގެ 16 ކްލާސްރޫމް އަދި ކޮމްޕިއުޓަރ ލެބް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އަދި މިއުވާން ވިދާޅުވީ މިހާރު ފުވައްމުލައް ސްކޫލުގެ މަލްޓި ޕާޕަސް ހޯލް މަސައްކަތް ނިމިފައިވާ ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް