ކ. މާލެ
|
19 މެއި 2023 | ހުކުރު 08:35
ޗާރޖްޑް ތައާރަފުކުރުން
ޗާރޖްޑް ތައާރަފުކުރުން
ކޮކާ ކޯލާ
ޗާރޖްޑް
ކޮކާ-ކޯލާއިން 'ޗާރޖްޑް' ރާއްޖެއަށް ތައާރަފްކޮށްފި
 
ޗާރޖްޑް ބަންދުކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އަލުން ބޭނުންކުރެވޭ އެލުމިނިއަމް ދަޅުގައި
 
މިއީ ކެފެއިން އެކުލެވޭ ބުއިމެއް

ކޮކާ-ކޯލާއިން ކެފެއިން އެކުލެވޭ ބުއިމެއް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

'ޗާރޖްޑް'ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ބުއިމަކީ ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ، ބެރީގެ ރަހަ އެކުލެވޭ މީރު ބުއިމެކެވެ.

އެކުންފުނިން ބުނީ ކޮކާ-ކޯލާ ކުންފުނިން ވިއްކާ ތަފާތު ބުއިންތަކުން ކަސްޓަމަރުން އުއްމީދުކުރާ މީރު ރަހައާ އެކު، ހަރަކާތްތެރިކޮށް ތިބެ، ރާއްޖޭގެ ރީތިކަން ފުރިހަމައަށް ތަޖުރިބާކޮށްލަން ބޭނުންވާ ހަކަތަ ލިއްބައިދޭ ފޯމިއުލާއެއް މި ބުއިމުގައި އެކުލެވިގެންވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ކޮކާ-ކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ޗާރޖްޑް ރާއްޖެއަށް ތައާރަފުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިކަމުން ދޭހަކޮށްދެނީ އީޖާދީ ވިސްނުންތައް ކުރިއަށް ނެރުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމާ އެއްގޮތަށް، ޗާރޖްޑް ބަންދުކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އަލުން ބޭނުންކުރެވޭ އެލުމިނިއަމް ދަޅުގަ އެވެ.

ކޮކާ-ކޯލާއިން އަންނަނީ ރާއްޖޭގެ މަޝްހޫރު އިންފްލުއެންސަރުންނާއި ސެލެބްރިޓީންނާއި ކޮންޓެންޓް ކްރިއޭޓަރުންނާ ގުޅިގެން ޗާރޖްޑް ރާއްޖޭގައި ތައާރަފްކުރި ކުރުން އިތުރަށް ފުޅާކޮށް، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ހަމައަށް ވާސިލްވަމުންނެވެ. ޗާރޖްޑްއަށް ކަސްޓަމަރުން ޝައުގުވެރިކޮށް، އެ ޝައުގުވެރިކަން ދެމެހެއްޓުމަށްޓަކައި ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ މާކެޓިން ކެމްޕެއިންތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް