ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 19:11
ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި
ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި
ކޮކާ ކޯލާ
ކޮކާ-ކޯލާގެ ފޯރިގަދަ ކެމްޕޭން
ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި
ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެ އެވެ.

މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތަކެއް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ހާއްސަ އެޑިޝަން ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ކުރިއަށްދާ 'ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރ އެއް ދައްކާލާފައިވެ އެވެ. އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެ އެވެ. ޕެކޭޖްގައި ހުދު، ރަތް، އަދި ކަޅު ޓޯންގެ ބެލެންސްއާ އެކު ފާހަގަކޮށްލެވޭ ޑިޒައިނެއް އެކުލެވިގެންވާއިރު، ކޮންމެ އުފެއްދުމަކީ ވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެ އެވެ.

ރާއްޖޭގައި ތިބި ފަރާތްތަކަށް މި ހާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑްތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަޠަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރު އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެ އެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެ އެވެ.

ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.

މި ކެމްޕޭނަކީ މަގްބޫލް ދެ ގްލޯބަލް ބްރޭންޑެއް އެއްވެލައިގެން، ރާއްޖޭގައި ތިބި ފަރާތްތަކަށް ހާއްސަ ކަމެއް ފޯރުކޮށްދިނުމުގެ ކެމްޕޭނެއް، ފޭނުންނަށް އެމީހުން އެންމެ ގަޔާވާ މާވެލް ބަތަލުންނާ އެކު ގާތުން ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ދެވުމަކީ އަޅުގަނޑުމެން ލިބޭ އުފަލެއް.
ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ“

ކޮކާ-ކޯލާއިން މި ކެމްޕޭނަށް ފުރިހަމަ މާކެޓިން ކެމްޕޭނެއް ހުޅުވާލާނެ އެވެ. އޭގެ ތެރޭގައި ޓީވީ އިސްތިހާރާއި ފިހާރަތަކުގައި ޖަހާ އިސްތިހާރުތަކުގެ އިތުރުން، ޝައުގުވެރި ސޯޝަލް މީޑިއާ ކޮންޓެންޓް ހިމެނޭނެ އެވެ. މި ޓީވީ އިސްތިހާރުތަކުން ބެލުންތެރިން ދަތުރުކުރާނީ ކޮކާ-ކޯލާއެއް ހުޅުވުމުގެ ސާދާ އަމަލުން މާވެލް ޔުނިވާސްގެ ގޭޓްވޭއެއް ހުޅުވި، ގުޅުމާއި ފޯރީގެ ފޯރިގަދަ ވަގުތުތަކެއް އުފެދިގެންދާނެ ދުނިޔެއަކަށެވެ.

މިއީ އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން، އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމު ހިމެނޭ ދުނިޔޭގެ ކެމްޕޭނެއްގެ ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން މި ހާއްސަ އެޑިޝަން އުފެއްދުންތައް އެއްކުރަމުން އަންނައިރު، މިހާރު މިއޮތީ ރާއްޖޭގައި ވެސް މި އުފާފާޅުކުރުމުގެ ގޮތުން ބައިވެރިވާންވީ ވަގުތެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް