ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 09:40
ސިޓީން ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ
ސިޓީން ރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ވަރުގަދަ ރެއާލާ ދެކޮޅަށް ސިޓީން ދެއްކި ކުޅުމަށް ގާޑިއޯލާގެ ތައުރީފު
 
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި، ސިޓީން އޭރު ތަހައްމަލު ކުރު ހިތްދަތިކަން ފިލުވާލެވޭނެކަން އެނގުނު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލްގެ މައްޗަށް ހޯދި ފުރިހަމަ މޮޅާއެކު، ސިޓީ މިވަނީ ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަސް ދަތުރުކޮށްފަ އެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެން ޖެހުނީ އެންމެ އުނދަގޫ އަދި އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކަމަށެވެ. އެހެންކަމުން ފައިނަލަށް ދާން ބޭނުންނަމަ އެ ޓީމާ ދެކޮޅަށް ވަރަށް ފުރިހަމަ ކުޅުމެއް ދައްކަން ޖެހުނު ކަމަށާއި، އޭނާ ޤަބޫލު ކުރާ ގޮތުގައި ސިޓީގެ ކުޅުންތެރިން ވަރަށް ފުރިހަމަ އަށް އެކަން ކުރި ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މިދިޔަ ސީޒަނުގައި ވެސް އެމީހުން ކުޅެން ޖެހުނީ ރެއާލާ ދެކޮޅަށް ކަމަށާއި، އެހެން ނަމަވެސް އެ ފަހަރު ނަތީޖާ ނުކުތީ ހިތްދަތި ގޮތަކަށް ކަމަށެވެ. އެއާއެކު މިދިޔަ ދުވަސްތަކުގައި ސިޓީން ވަރަށް ބޮޑަށް އެކަމުގެ ތެރޭގައި އުޅެމުން އައި ކަމަށާއި، ފާއިތުވި 10 ނުވަތަ 15 ވަރަކަށް ދުވަހު ވެސް އޭނާ އަށް ބޮޑު ހާސްކަމެއް ކުރިމަތިވި ކަމަށެވެ. އެހެން ނަމަވެސް، ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭގައި، ސިޓީން އޭރު ތަހައްމަލު ކުރު ހިތްދަތިކަން ފިލުވާލެވޭނެކަން އިނގުނު ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ ސިޓީގެ ކުޅުންތެރިން މުޅި މެޗުގައި ވަރަށް ފުރިހަމަ ކުޅުމެއް ދެއްކި ކަމަށާއި، ހުރިހާ ކުޅުންތެރިންނަށް ވެސް ޝުކުރު ހައްގު ކަމަށެވެ.

އިތުރަށް އޭނާ ބުނީ ފުޓުބޯޅަ އަކީ އަބަދު ވެސްް ދެ ވަނަ ފުރުސަތެއް ލިބޭ ކުޅިވަރެއް ކަމަށެވެ. އެހެންކަމުން އެއްވެސް ވަރަކަށް އުންމީދު ދޫކޮށްލައި، ހިތްވަރު ގެއްލުވާލައިގެން ނުވާނެ ކަމަށާއި، ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް އޭނާ ބުނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ސިޓީން ދެން ބޭނުންވަނީ އެންމެ މޮޅެއް ކަމަށެވެ. އެހެންކަމުން ސިޓީ އަށް އެކަން ކާމިޔާބު ވެއްޖެނަމަ، މި ސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނަކަށްވުމުގެ އުންމީދު ބޮޑު ކަމަށެވެ.

ގާޑިއޯލާ ދެކޭ ގޮތުގައި ރެއާލް މެޑްރިޑު ބަލި ކުރުމަކީ، ސިޓީ އަށް ދެން ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމުގެ ހެތްކެކެވެ. ސިޓީ އަށް މި ސީޒަނުގައި ތިން ތަށި ކާމިޔާބު ކުރެވޭނެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، އެކަމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ސިޓީ އަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ވެސް ކާމިޔާބު ކުރެވޭނެ ކަމަށާއި، އެ އުންމީދު ހާސިލްކުރެވޭނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބޭނުންވަނީ ސިޓީގެ ސަޕޯޓަރުންނަށް ވެސް މިއީ ވަރަށް އުފާވެރި ސީޒަނަކަށްވުން ކަމަށެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. މީގެ ކުރިން އެއް އަހަރު އެ ޓީމު ވަނީ ފައިނަލްގައި ވާދަކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
50%
0%
0%
0%
0%
ކޮމެންޓް