ކ. މާލެ
|
17 މެއި 2023 | ބުދަ 19:08
(ޔޫ.އޭ.އީ(ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖްއާއި މިނިސްޓަރު ޝައުނާ
(ޔޫ.އޭ.އީ(ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖްއާއި މިނިސްޓަރު ޝައުނާ
އެންވަރަންމަންޓް މިނިސްޓްރީ
ރާއްޖެ - ޔޫ.އޭ.އީ
މިނިސްޓަރު ޝައުނާ، ޔޫ.އޭ.އީގެ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރާ ބައްދަލުކުރައްވައިފި
ތިމާވެއްޓާއި ކްލައިމެޓް ޗޭންޖުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް, ހަރ އެކްސެލެންސީ މަރްޔަމް ބިންތު މުހައްމަދު ސައީދު ހާރިބް އަލްމުހައިރީ މި މަހު 17އިން 18އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ޔޫ.އޭ.އީ.ގެ ވަޒީރުގެ މި ދަތުރުފުޅުގައި، ބުދަ ދުވަހު ހެނދުނު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ބައްދަލުކުރައްވާފައި ވާކަމަށެވެ.

އެ މިނިސްޓްރީން ބުނީ ތިމާވެއްޓާއި ކްލައިމެޓް ޗޭންޖުގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވާކަމަށެވެ. މީގެ އިތުރުން ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، މުރަކަ ދިރުވައި އާލާކުރުމާއި، ދެ ގައުމުގެ ގުޅުން މހުރި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރަން މަސައްކަތްކުރުމާމެދު މަޝްވަރާކުރެއްވިއެވެ.

އެ ކަމަނާގެ މިދަތުރުފުޅުގައި މިއަދު ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް